ޔޫރޯ 2020 ގެ މެޗުތައް ބެލުމަށްޓަކައި އެއްތަނަކަށް ގިނަ ބަޔަކު އެއްވެ ބޮޑު ސްކްރީނު އަޅުވައިގެން ބެލުމަށް ޖާގަ ނުދޭނެކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.

ފުލުހުން މިގޮތަށް ބުނީ ގިނަ ބަޔަކު ބޮޑު ސްކްރީނުން މެޗުތައް އަޅުވައިގެން އެއްވެގެން ބެލުމުގެ އިންތިޒާމްތައް ތައްޔާރުކުރަމުން ދާކަމުގެ މައުލޫމާތު ލިބިގެންނެވެ.

ރާއްޖޭގައި ކޮވިޑް-19 ބާރު ދުވެއްޔެއްގައި ފެތުރެން ފެށުމުން ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ އެކު ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު މިހާރު އަންނަނީ ދައްވަމުންނެވެ. ކޮވިޑް-19 ގެ ކަސްތޮޅުން ސަލާމަތްވެ އަނެއްކާވެސް އާންމު ހާލަތަކަށް ވާސިލްވެވުމުގެ ފޮނި އުންމީދު އޮއްވާ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ޔޫރޯ މެޗުތައް ބަލާ އެކި ހަރަކާތްތަށް ހިންގުމަކީ މިވަގުތު ހާލަތަށް އެންމެ ރަގަޅު ގޮތް ނޫންކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން އެޗްޕީއޭއިންނާއި ކަމާބެހޭ ފަރާތްތަކުން ކޮވިޑް-19 ކޮންޓްރޯލުކުރުމަށްޓަކައި އަޅާފައިހުރި ފިޔަވަޅުތަކުން މިފަދަ ހަރަކާތްތަކާއި ގިނަ ބަޔަކު އެއްތަނަކަށް އެއްވުމަށް ޖާގައެއް ނުދެއެވެ.

ޕޮލިހުން މައުލޫމާތު ދެއްވަމުން ބުނެފައިވަނީ މިއީ އެންމެން އެކީގައި ގަދައަޅާ މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. އަދި ހިތްވަރުކުރަންވީ ވަގުތު ކަމަށެވެ. އެހެންކަމުން ހާލަތަށް ރިއާޔަތްކޮށް މިވަގުތު ގިނަބަޔަކު އެއްތަނަކަށް އެއްވެ ޔޫރޯ 2020 ގެ މެޗުތައް ބެލުމަކީ ބުއްދިވެރި ކަމެއް ނޫންކަމަށް ބުނެފައިވެއެވެ.

ޔޫރޯ 2020 ގެ މެޗުތަށް ރޭ ފަށާފައިވާއިރު، ރާއްޖޭގައިވެސް ގިނަ ރައްޔިތުންތަކެއް އަންނަނީ ފޯރިޔާއެކު މެޗުތަކަށް އިންތިޒާރު ކުރަމުންނެވެ. އެހެންނަމަވެސް ހުރިހާ ބޭފުޅުންވެސް ރާއްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވާ ގޭގައި ތިއްބަވައިގެން މެޗުތައް ބެލުމަށް ސަމާލުވާންޖެހެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.