1 ބިލިއަން ރުފިޔާއަށްވުރެ އިތުރަށް ހަރަދުވާނޭ 10 ޕްރޮޖެކްޓެއްގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެކު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރަސްޓްރަކްޗަރ އިން ސޮއި ކޮށްފިއެވެ. 

އެގްރީމެންޓުގައި ސޮއި ކުރުން އޮތީ މިއަދު ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިނިސްޓްރީގެ ފަރާތުން އެގްރީމެންޓުގައި ސޮއި ކުރީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

އިއްޔެ ސޮއި ކުރުވެނެ 10 ޕްރޮޖެކްޓުގެ ތެރޭގައި 1 އެއާޕޯޓު ޕްރޮޖެކްޓް، 6 ބިން ހިއްކުމުގެ ޕްރޮޖެކްޓް އަދި 3 ބަނދަރު ހެދުމުގެ ޕްރޮޖެކްޓް ހިމެނެއެވެ. އެއާޕޯޓު ޕްރޮޖެކްޓަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ.ފަރެސްމާޓޮޑާ އެއާޕޯޓު ހެދުމުގެ ޕްރޮޖެކްޓެވެ. މިއީ 144 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. މަސައްކަތް ނިންމަން ޖެހެނީ 600 ދުވަހުގެ ތެރޭގައެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހޯރަފުށީ އެއާޕޯޓު ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާތީ، ފަރެސްމާތޮޑާ އެއާޕޯޓު ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެއެވެ. މި ޕްރޮޖެކްޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި ޓަރމިނަލް ބިލްޑިންގ އެއް ހަދާނެއެވެ.

އިއްޔެގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ވާހަކަދައްކަވަމުން ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ވިދާޅުވީ، މި ޕްރޮޖެކްޓް ތަކުގެ ފައިސާ ދައްކާނީ ދިގު މުއްދަތަކަށް ބަހާލައިގެންނެވެ. ފައިސާ ދައްކާ ހަލާސްކުރުމަށް ނިންމާފައިވަނީ ކުރިއަށް އޮތް 4 އަހަރަށް ބާހަލައިގެންނެވެ.

އެމްޓީސީސީއާ ހަވާލުކުރެވުނު ޕްރޮޖެކްޓްތަކަކީ، ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް އަންނަ ހީނަރުކަމާއެކުވެސް، ތަރައްގީގެ މަޝްރޫއުތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ދަށުން ހަވާލުކުރެވުނު ޕްރޮޖެކްޓްތަކެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.