އިމްތިހާނުގައި ދަރުމަވަންތަ ސުކޫލްގެ ދަރިވަަރުންތަކެއް -- ފޮޓޯ: އެޑިއުކޭޝަން

މޭ މަހުގެ 2 ވަނަ ދުވަހު ފެށި ގްރޭޑް 10 އެއް ނިންމާ ދަރިވަރުންގެ އިމްތިހާނުތައް ނިންމާލައިފި އެވެ. އިމްތިހާންތައް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ނިޔަލަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ އޯލެވެލް އިމްތިހާނުގައި 234 ސެންޓަރަކުން ކުދިން އިމްތިހާނުތައް ހަދާފައިވެއެވެ. އެއީ 5،955 ދަރިވަރަކު އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުންދިއުމުގެ ސަބަބުން އިމްތިހާނުގެ ކަންކަންވެސް ކުރިއަށްގެންގޮސްފަިއވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެވެ.

އޭގެއިތުރަށް ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީންގައި ތިބި ދަރިވަރުންނަށާއި ކޮވިޑަށް ޕޮޒިޓިވްވެފައި ތިބި ދަރިވަރުންނަށްވެސް އިމްތިހާނުތަކުގައި ބައިވެރިކޮށްފައިވެއެވެ. އެ ހާއްސަ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ހެލްތު ޕްރޮޓްކެޝަން އެޖެންސީ (އެޗްޕީއޭ) އިރުޝާދުގެ ދަށުންނެވެ.

 

މިއަހަރުގެ އޯ ލެވެލް އިމްތިހާނު ފެށުމުގެ ކުރިން ބޭއްވުނު ޕްރެސް ކޮންފަރެންސެއްގައި އެޑިއުކޭޝަނުން ބުނީ، އިމްތިހާންތައް ފެށީ އެކަމަށް ބޭނުންވާ ފިޔަވަޅުތައް އަޅުމަށްފަހު ކަމަށެވެ. އެގޮތުން ކޮންމެ އިމްތިހާނު ސެންޓަރެއްގައިވެސް 3 ހޯލު ތައްޔާރީ ހާލަތުގައި އަބަދުވެސް ބެހެއްޓުނު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.