ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ފޮޓޯ: ފެށުން

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިލޭޓެއް ގާއިމްކުރުމަކީ ރާއްޖެއަށް ވިޔަފާރި އާއި އިންވެސްޓްމެންޓުގެ ރޮނގުން އިތުރު ފުރުސަތުތަކެއް ހުޅުވިގެން ދާނެކަމެއް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފިއެވެ.

"ޖަޒީރާ" އަށް މައުލޫމާތު ދެއްވަމުން އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ގައުމުތަކުގައި ކޮންސިއުލޭޓުތައް ގާއިމް ކުރުމަކީ ވަރަށް އާންމު ޑިޕލޮމެޓިކް ޕްރެކްޓިސްއެއް ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ ފަރާތުން ޓްރިވެންޑްރަމުގައި ކޮންސިއުލޭޓެއް އިނުމުގެ އިތުރުން މުމްބާއީ އާއި ބެންގަލޫރު އަދި ކޮލްކަޓާގެ އާއި ޗެންނާއީގައި ވެސް ހޮނަރަރީ ކޮންސުލްސް ތިއްބަވާ ކަމަށް އެ ހައި ކޮމިޝަނުން ބުނެއެވެ.

ރާއްޖޭގެ ދެކުނު އަތޮޅުތަކުން ގިނަ އަދަދަކަށް ދިވެހި ރައްޔިތުން ފަސޭހަކަމާއެކު ކޮންސިއުލަރ ހިދުމަތްތަކަށް ލިބޭނެ ގޮތެއް ހެދުމަށް އެދެމުންދާ ކަމަށާއި އެގޮތުން ހާއްސަކޮށް ސިއްހީ ފަރުވާ ހޯދުމަށާއި ވިޔަފާރި ބޭނުންތަކަށް ވިސާއަށް އެދެމުން އަންނަ މީހުން ގިނަކަން ފާހަގަކޮށްފައިވެއެވެ.

އިންޑިޔާގެ ސްކޮލަޝިޕްތަކަށާ ޓްރެއިންގް ފުރުސަތުތަކަށް ވަރަ ގިނަ ދަރިވަރުން އެދެމުން އެބަ ދޭ.

ކޮންސިއުލޭޓެއް ގާއިމް ކުރެވިއްޖެނަމަ މިފަދަ ތަފާތު ފުރުސަތުތައް ރާއްޖޭގެ ދެކުނުގެ އަތޮޅު ތަކުގެ ރައްޔިތުންނަށް ފަހިވެގެންދާނެއެވެ. މީގެ އިތުރުން ކޮންސިއުލޭޓެއް ހުރުމުގެ ސަބަބުން ދެގައުމުގެ ދޭތެރޭގައި އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރުން ޓްރޭޑް އަދި އިންވެސްޓްމެންޓް ލިންކުތައް އެޅިގެންދާނެކަމަށް ވެސް އިންޑިއާގެ ހައި ކޮމިޝަނުން ދެކެއެވެ.

ކޮންސިއުލޭޓެއް ހުރެއްޖެނަމަ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި އިންޑިއާގެ ފަރާތުން މިހާރު ހިންގަމުން އަންނަ ޕްރޮޖެލްޓުތަކުގެ އިތުރުން އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި ލައިން އޮފް ކްރެޑިޓްގެ ދަށުން އިތުރު ޕްރޮޖެކްޓުތައް ހިންގުމަށް މަގުފަހިވާނެ.

ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ދިފާއީ އަދި ސެކިޔުރިޓީގެ ގުޅުމަކީ އަހަރުތަކުގެ މަތިން ޓެސްޓުކުރެވި ދެގައުމަށްވެސް އެއްބަޔެއް އަނެއްބަޔެއްގެ ފަރާތުން އެހީތެރިކަން ބޭނުންވާ ކަމެއް ކަމަށް ވެސް އިންޑިއާގެ ހައި ކޮމިޝަނުން ބުނެއެވެ.

ދެގައުމުގެ ދެމެދުގައި މިއަދު މިއޮތް ގުޅުމަކީ އެތައް އަހަރުތަކެއްގެ ބުރަ މަސައްކަތުން ގާއިމްކޮށްފައިވާ ގާތް ގުޅުމެއް.

ދެގައުމުގެ ދެމެދުގައި އޮތް ހަރާޖީ ގުޅުން އިތުރަށް ވަރުގަދަކޮށް ދެގައުމުގެ މެދުގައި ދެގައުމަށް ބޭނުންނާ އިންސާނީ އެހީތެރިކަމާއި ދެގައުމުގެ ދިފާއަށް ބޭނުންވާ އެހީތެރިކަން ދެގައުމުގެ މެދުގައި ފޯރުކޮށްދެމުން ދިއުމަކީ މުހިންމު ކަމެއް ކަމަށް ވެސް ހައި ކޮމިޝަނުން ދެކެއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ހުޅުވަން އުޅޭތީ އެކަމާ ދެކޮޅަށް އައްޑޫގެ ބައެއް ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް، ކޮންސިއުލޭޓް ހުޅުވުމަށް އައްޑޫ ސިޓީގެ މަޖިލިސް މެންބަރުންނާއި، އައްޑޫގެ މޭޔަރު ވެސް ވަނީ ތާއިދު ކުރައްވާފައެވެ.

ކޮންސިއުލޭޓް ހުޅުވާ ވާހަކަ އަޑުހަރުކޮށް ދެކެވެމުން ދާއިރު، އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވަން އެދިފައި ވަނީ އިންޑިއާއިންނެވެ. އެކަމާ ގުޅިގެން އަދި ދިވެހި ސަރުކާރުން އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

 

0
2
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.