ވަފާތެރި މީހުންގެ ވާހަކަ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ނުދެއްކެވުމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ރަޝީދުގެ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ބިގޭގެ ސިޔާސީ ފައިދާއަށްޓަކައި ކުރައްވާ ކަންކަމާއި ވިދާޅުވާ ބަސްފުޅުތައް އޭނާއަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ރަނގަޅީ އެހެން ބޭފުޅުން އެމަނިކުފާނަށް ބަހައްޓަވާ ގާތްކަމާއި، ވަފާތެރިކަމުގެ ވާހަކަ ބިގޭ ނުދެއްކެވުން ރައީސް ނަޝީދު ވިދާޅުވި އެވެ.
އަޅުގަނޑަށް ރަނގަޅީ އެހެން ބޭފުޅުން އަޅުގަނޑަށް ބަހައްޓަވާނެ ވަފާތެރިކަމާއި، މަދަދުގެ ވާހަކަ އެ ބޭފުޅާ ނުދެއްކެވިއްޔާ
ރައީސް ނަޝީދުގެ ގާތް އެކުވެރިޔެއްގެ ގޮތުގައި ފަހަގަވި، ބިގޭ އާއި ދެބޭފުޅުންގެ ދެމެދުގައި މައްސަލަތައް ގޯސްވިކަން ތިލަވެފައިވަނީ ހަމަލާގެ މައްސަލައިގެ އިންްކުއަރީގެ ކަންކަން މަޖިލީހުގައި ކުރިއަށްދާގޮތުގެ ސަބަބުންނެވެ. އެގޮތުން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސަން ޒަމީލްގެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ރައީސް ނަޝީދު ހުށަހެޅުއްވުމުން، ބިގޭ ހިމެނިވަޑައިގަންނަވާ އެ ކޮމިޓީން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.
އޭގެފަހުން ރައީސް ނަޝީދުގެ ސަޕޯޓަރުންވެސް ގެންދަވީ ބިގޭއަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.
މައްސަލަ ހޫނުވެފައިވަނިކޮށް ބިގޭ ވަނީ މިއަދު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. އެގޮތުން ޑިފެންސް މިނިސްޓަރ މާރިޔާ ދީދި ދިފާއުކުރައްވާ ބިގޭ ވިދާޅުވީ ހާއްސަކޮށް ރައީސް ނަޝީދަށް ގެއްލުމެއް ވެދާނެފަދަ ކަމެއްވެސް މާރިޔާ ނުކުރައްވާނެ ކަމަށް ހިތުގެ އަޑިން ގަބޫލުކުރައްވާ ކަަމަށެވެ.
މާރިޔާއަކީ އެމްޑީޕީގެ މަންމަ، ނަޝީދަށް ގެއްލުމެއް ނުދޭނެ: ބިގޭ