14 ސެޕްޓެންބަރު 2020 - ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރެއްވުން -- ފައިލް ފޮޓޯ

ލޯކަަލް ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފްތާގައި ސިވިލް ސަރވިސް ކޮމިޝަނުން (ސީއެއްސީ) އިން ހުޅުވާލާނެކަން ހާމަކޮށްފި އެވެ.

ސީއެސްސީގެ ފަރާތުންް އެކަން ހާމަކުރީ ދައުލަތުގެ މީޑިއާގައި އެސްޖީގެ މަޤާމަށް މީހުން ހޮވުމާއި ގުޅޭގޮތުން އެ ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އެވެ.

ރަޝީދު ވިދާޅުވީ ކުރިމަތިލުމަށް ހުޅުވާލުމުގެ ކަންކަން ކުރަމުން އަނަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިކަމަށެވެ. އަދި، ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލްގެ އިދާރާތަކަށް އަދި ރަށު ކައުންސިލްގެ އިދާރާތަކަށް އެސްޖީ ކަމަށް ކުރިމަތިލުމަށް ހުޅުވާލެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް (ރަށު ކައުންސިލް):

ރަޝީދު ވިދާޅުވިގޮތުގައި، ރަށު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، މަގާމުގެ ޝަރުޠު ހަމަވާނެއެވެ. ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 2 އަހަރުދުވަހުގެ ތަޖުރިބާއާއެކު ވެސް މަގާމުގެ ޝަރުޠު ހަމަވާނެއެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް (އަތޮޅު ކައުންސިލް):

އަތޮޅު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެވެސް ޑިގްރީއެއް އޮންނަންޖެހެ އެވެ. އަދި މަގާމުގެ މަސައްކަތާގުޅޭ 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 4 އަހަރުދުވަހުގެ ތަޖުރިބާއާއެކު ޝަރުޠު ހަމަވާނެ ރަޝީދު ވިދާޅުވި އެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް (ސިޓީ ކައުންސިލް):

ސިޓީ ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 6 އަހަރުދުވަހުގެ ތަޖުރިބާއާއެކު ޝަރުޠު ހަމަވާނެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތާގުޅޭ "އެޑްމިނިސްޓްރޭޝަން" މަސައްކަތުގެ ތަޖުރިބާގައި، އެއްވެސް އިދާރީ މަސައްކަތެއް ކޮށްފައިވާކަމުގައި ބަޔާންކޮށްފައިވާނަމަ އެ ލިޔުން ގަބޫލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެޑްމިނިސްޓްރޭޝަން މަސައްކަތުގެ ގޮތުގައި، ރިޕޯޓު ހެދުމާއި، ރެކޯޑު ބެލެހެއްޓުމާއި، ސިޓީ ލިޔުން ފަދަ ކަންތައްތައް ހިމެނޭނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

އޭގެއިތުރުން މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގައި، ހިންގުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމުގައި ބަޔާންކޮށްފައިވާ ނަމަ، އެ ލިޔުން ގަބޫލުކުރުމަށް ނިންމާފައިވެއެވެ. އަދި ހިންގުމުގެ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި، އިދާރާއެއް ނުވަތަ އިދާރާއެއްގެ ޑިޕާޓްމަންޓެއް، ޑިވިޜަނެއް، ސެކްޝަނެއް، ޔުނިޓެއް ނުވަތަ އެ ތަނެއްގެ އޮނިގަނޑުގައި ހިމެނޭ އެފަދަ ބައެއް ހިންގާ ބެލެހެއްޓުމާއި، އެ ބައެއްގެ މަސައްކަތާ ގުޅޭ ކަންކަމުގައި ޖަވާބުދާރީވުމުގެ ޒިންމާއާ ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތެއްގައި ޙަވާލުވެ ހުންނަ މުއްދަތުތައް ބަލާނެކަމުގައި ވެސް ރަޝީދު ވިދާޅުވިއެވެ.

ކައުންސިލްތަކުގެ އެސްޖީންގެ މުސާރައާއިގުޅޭ ތަފްސީލްވެސް ރަޝީދު ވަނީ ހިއްސާ ކުރަށްވާފައެވެ.

ސިޓީ ކައުންސިލް:

  • މުސާރައަށް -/20500 ރުފިޔާ
  • އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/15000 ރުފިޔާ
  • ޖުމުލަ -/35500 ރުފިޔާ

އަތޮޅު ކައުންސިލް:

  • މުސާރައަށް -/12130 ރުފިޔާ
  • އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/8870 ރުފިޔާ
  • ޖުމުލަ -/21000 ރުފިޔާ

ރަށު ކައުންސިލް:

  • މުސާރައަށް -/9300 ރުފިޔާ
  • އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/6800 ރުފިޔާ
  • ޖުމުލަ -/16100 ރުފިޔާ

މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ފަސޭހަކުރުމުގެގޮތުން އޮންލައިން ޕްލެޓްފޯމެއް ސީއެސްސީން ވަނީ ގާއިމުކޮށްފަ އެވެ. އެގޮތުން މި މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން މަގާމަށް އެދެންޖެހޭނީ އޮންލައިންކޮށް ސީއެސްވިއުގައި އެކަމަށް ޚާއްޞަކޮށްފައިވާ ލިންކު މެދުވެރިކޮށްގެން ކަމަށާއި، މިނޫން ގޮތަކަށް އެސްޖީއިންގެ މަގާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކައުންސިލްގެ އެސްޖީއިންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަގާމަށް އެންމެ ގާބިލް ފަރާތްތައް ހޮވުމަށް ސީއެސްސީއިން ޢާންމުކޮށްފައިވާ ކްރައިޓީރިއާތަކުގެ ތެރެއިން، މަގާމަށް މީހަކު އައްޔަންކުރެވިގެންދާނީ، ޤާނޫނުގައިވާގޮތުގެ މަތިން ކައުންސިލްގެ ލަފާގެ މަތިން ކަމުގައި ވެސް ރަޝީދު ފާހަގަ ކުރެއްވިއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.