އެމަޖެންސީ އެމްބިއުލާންސް ހިދުމަތް ހޯދަން ގުޅާނެ ހޮޓްލައިން ނަމްބަރެއް ގާއިމްކޮށްފިއެވެ.
ކޮވިޑް-19 އާ ގުޅުން ހުރި އެމަޖެންސީތަކުގައި ގުޅަން ކަނޑައަޅާފައިވާ ހޮޓްލައިން ނަންބަރަކީ "100" އެވެ. މި ހޮޓްލައިން މެދުވެރިކޮށް، ގުޅާ އެމަޖެންސީތަކުގެ ތެރޭގައި ވާހަކަދައްކަން އުނދަގޫވާ މިންވަރަށް ނޭވަ ކުރުވުން، މެދު ނުކެނޑި މޭގައި ރިއްސުން އަދި ހެޔަށް ގޮތްވުން ހިމެނެއެވެ.
ކޮވިޑް-19އާ ގުޅުން ހުރި އެމަޖެންސީތަކުގައި ގުޅަން ހާއްސަ ހޮޓްލައިނެއް ކަނޑައަޅާފައި މިވަނީ، އެމްބިއުލާންސްގެ ހިދުމަތް ލަސްވުމުގެ ސަބަބުން، ސިއްހީ ފަރުވާ ނުދެވިގެން އުމުރުން 10 އަހަރުގެ ކުއްޖަކު މަރުވި ހާދިސާއާ ގުޅިގެންނެވެ.
އެ ހާދިސާގައި ކަން ހިނގާފައިވާ ގޮތް ކަމަށް ހެލްތުން ބުނީ އެމްބިއުލާންސް ލަސްވީ، އެމްބިއުލާންސްއާ ހަމައަށް މެސެޖު ދިޔަލެއް ލަސްވެގެން ކަމަށެވެ. މިފަދަ ހާދިސާއެއް ތަކުރާރު ވިޔަ ނުދިނުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅަކީ އެމްބިއުލާންސްގެ ހިދުމަތަށް އާ ހޮޓްލައިނެއް ގާއިމް ކުރުމެވެ.