ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 30 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނީ ހ. ތަރަބޫޒުގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 30 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މިހާރު މިފަރާތްތައް ވަނީ އަނބުރާ ގެޔަށް ބަދަލު ކޮށްފައި ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
H.Tharaboozu geyge 1st floor gai huri engrave kuran beynun kuraa laser machine thakehgai roavi alifaan, MNDF Fire and Rescue Service in nivvaalaifi. Mi haadhisaage report libifaivanee mirey 02:44 haairu. pic.twitter.com/5RzlnIX0s0
— Maldives National Defence Force (@MNDF_Official) June 10, 2021
ހ. ތަރަބޫޒުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ އެ ގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި އެންގްރޭވް ކުރާ ލޭޒާ މެޝިންތަކެއްގައި ރޯވެގެންނެވެ. ރޭ 2:44 ގައި ހިނގި މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލާފައެވެ.
އަލިފާން ރޯވެފައިި ވަނީ މީހުން ދިރިނޫޅޭ ފަންގިފިލާއެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ ހާދިސާއަށްފަހު ސިފައިން ހިއްސާ ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާން ރޯވުވުމުގެ ސަބަބުން، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.