ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ނަންތަކާ ގުޅޭ ގޮތުން އާންމުގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ރޭ ކުރި އިއުލާނެއްގައި ބުނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިއްބަވާ ފަސް މެންބަރުންގެ މަގާމްގެ މުއްދަތު މި މަހު 28 އަށް ހަމަވާ ކަމަށާއި އެ މަގާމްތަކަށް އައްޔަން ކުރެއްވުމަށްޓަކައި ނުވަ ބޭފުޅެއްގެ ނަން އިއްޔެގެ ޖަލްސާގައި މަޖިލީހުށް ފޮނުވާފައިވާ ކަމަށެވެ.

އެހެންކަމުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އައްޔަން ކުރެއްވުމަށް ހުށަހެޅި ނަންތަކާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށްޓަކައި ފުރުސަތު ހުޅުވާލާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ރައީސް ހުށަހެޅުއްވި ނަންތައް:

1. އަލްފާޟިލް ޙަސަން ޒުހައިރު މުޙައްމަދު، ގ.މާވާރުލު 

2. އަލްއުސްތާޛު ނަޞްރުالله ޖަމީލް، ނަލަމަލަ / ލ.މާވަށް 

3. އަލްއުސްތާޛު މުޙައްމަދު މުނައްވަރު ޢަލީ، ވެސްޓްބީޗް / އއ.މަތިވެރި 

4. އަލްއުސްތާޛާ ފާޠިމަތު މިންޙަތު ޢިއްޒަތު، ގ.ގޮފި 

5. އަލްފާޟިލާ އާމިނަތު ފަރީޝާ، ވައިލެޓްފެހި / ގދ.ހޯނޑެއްދޫ 

6. އަލްފާޟިލާ އިސްމާޢީލް ސާޖިދު، މއ.ވިލާރޮދި 

7. އަލްފާޟިލް ޙުސައިން ޒައިދާން ޖަލީލު، މ.ފާމްދޭރިގެ 

8. އަލްފާޟިލް އަޙްމަދު ޞަލާޙް، އިރުވާކޮޅުގެ / ތ.އޮމަދޫ 

9. އަލްއުސްތާޛު އަޙްމަދު އަޝްރަފް، ދަފްތަރު ނަންބަރު ރސ 7883

އެއިއުލާނުގައިވާ ގޮތުން އެ ފަރާތްތަކާ ގުޅޭ އެއްވެސް ޝަކުވާއެއް ވާނަމަ އަންނަ އާދީއްތަ ދުވަހުގެ ކުރިން ޝާކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަމްބަރު އެނގޭ ގޮތައް ކޮމިޓީގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް އެދި ދަންނަވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.