ޒާތީ މައުލޫމާތު ވިއްކުމާއި، އޮރިޔާން ކާޑު ބަހާ ގްރޫޕްތަކެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.
އެފަދަ މައްސަލަތަކެއް ބަލަމުންގެންދާކަން ފުލުހުންވެސް ވަނީ "ޖަޒީރާ" އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ފުލުހުން ބުނީ، ޒާތީ މައުލޫމާތު ވިއްކާ ޓެލެގްރާމް ގްރޫޕަކާއި، އޮރިޔާން ކާޑު ހިއްސާ ކުރާ ޓެލެގްރާމް ގްރޫޕެއްގެ މައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް އެކަމާއިގުޅޭ އިތުރު ތަފްސީލް ހާމަކުރެވެން ނެތްކަމަށް ފުލުހުން ބުންޏެވެ.
The Police is looking into a case of a group allegedly selling personal information of individuals on social media. @police will follow up with more details.
— Mabrook Azeez (@MvSpokesperson) June 10, 2021
މި ގްރޫޕްތަކުގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު، ޓެލެގްރާމް ގްރޫޕްތަކުގައި ޒުވާން އަންހެން ކުދިންގެ ފޮޓޯތަކާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގެ އައިޑީތައް ބަހާކަމުގެ ޝަކުވާތައް ގިނައިން އަޑުއިވެއެވެ. އެގޮތުން ދާދިފަހުން ވެސް އެފަދަ މައްސަލައެއް ސޯޝަލް މީޑިއާގައި ހޫނުވެފައިވެއެވެ.
So another disgusting perverted man decided that he’s gonna leak numbers and snap ID’s of girls on telegram, including mine.
Bitch decided to do that on the wrong day and I’m so fucking pissed off right now so, I found all the details of the man. 🙂 Gonna expose him now.
— Hye 🌷🇵🇸 (@hayashiham) June 9, 2021
ހަމައެއާއެކު އޮރިޔާންކާޑު ހިއްސާ ކުރާ ގްރޫޕްތައް ވެސް ތިބޭ ކަން ފަހަގަ ކޮށްލެވެއެވެ. ރާއްޖޭގައި އޮރިޔާން ކާޑު ނެގުމާއި ގެންގުޅުމަކީ މަނާ ކަމެކެވެ.