ހޯރަފުށީ އެއަޕޯޓްގެ މަރާމާތުގެ މަސައްކަތްތައް ނިންމައި، ހަވާލުކޮށްފި އެވެ.
މަރާމާތުގެ މަސައްކަތްކޮށްފައިވަނީ، އެއާޕޯޓްގެ އެހެން މަސައްކަތްތައްވެސް ކުރިއަށްގެންދިޔަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްޓީސީސީ) އިންނެވެ.
އެމްޓީސީސީން ވަނީ އެއާޕޯޓްގެ މަގުތަކުގެ އިތުރުން، ރަންވޭވެސް މަރާމާތުކޮށްފަ އެވެ. އަދި ޓާމިނަލްއަސް ލލިބުނު ގެއްލުންތައްވެސް މަރާމާތުކޮށްފައިވެއެވެ.
މަސައްކަތްތައި ނިމިފައިވަނީ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.
ހއ. ހޯރަފުށީ އެއަރޕޯޓްގެ މަރާމާތުގެ މަސައްކަތްތައް 8 ޖޫން 2021 ވަނަ ދުވަހު ނިމިއްޖެ. ހއ. ހޯރަފުށީ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރެވުނީ 6 ނޮވެމްބަރ 2020 ވަނަ ދުވަހު. #TeamMTCC #RayyithungeKunfuni pic.twitter.com/zHTRaoGUsX
— MTCC Plc (@MTCCPlc) June 10, 2021
2019 ވަނަ އަހަރުގެ މާރިޗް މަހު ރައިސުލްޖުމްހޫރިއްޔާ އިބްރާހގިމް މުހައްމަދު ސޯލިހް ފައްޓަވައިދެއްވާފައިވާއިރު އެޔާޕޯޓުގެ މަސައްކަތްތައް އެމްޓީސީސީއިން ނިންމައި ސަރުކާރާ ހަވާލުކޯށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އެއާޕޯޓްގެ ފަސިންޖަރުންގެ ޓާމިނަލްގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީއިްނެވެ. ޓާމިނަލްގެ އަގު 13.8 މިލިއަން ރުފިޔާއަށް އަރާއިރު އެއާޕޯޓްގެ ރަންވޭ، ޓެކްސީވޭ އަދި އޭޕްރަން ތަރައްގީ ކުރުމަށް 198 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.