އަތޮލުތެރެޔަށް ބޭނުންވާ 96 އެމްބިޔުލާންސް ގެނެއުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އާއި ހަވާލުކޮށްފިއެވެ.

އެމްބިޔުލާންސް ގެނެއުމަށް ހަވާލުކުރުމުގެ ސޮއި ކުރުމުގެ ރަސްމިއްޔާތު ބޭއްވިގެން ދިޔައީ އެސްޓީއޯގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއްކުރެއްވީމިނިސްޓަރ އަހްމަދު ނަސީމެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އިބްރާހިމް އަމީރެވެ. އަދި އެސްޓީއޯގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމް ވިދާޅުވީ އެމްބިޔުލާންސްތައް ގެނެވުމާއެކު ރާއްޖޭގެ ގިނަ ރަށްތަކެއްގައި ދިމާވެފައި ހުރި ދަތިތަކާއި ގޮންޖެހުންތަކަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެމްބިޔުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށްވެސް ބޭނުންވާ މުހިންމު ހިދުމަތަކަށް ވީއިރު ބައެއް ރަށްތަކުގައި އެމްބިޔުލާންސް ހަލާކުވެފައި ހުރުމުގެ ސަބަބުން ގިނަ ދަތިތަކަކާ އެރަށްރަށުގެ ރައްޔިތުން ކުރިމަތިލާން ޖެހޭކަން ފާހަގަކޮށްފައިވެއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި އެމްބިޔުލާންސްތައް ގެނެވުމާއެކު ދިމާވަ ކުއްލި ހާދިސާތަކާއި އެމަޖެންސީތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ފޯރުކޮށްދެވިގެންދާނެކަމަށެވެ.

މިއެއްބަސްވުމުގެ ދަށުން އެސްޓީއޯއަށް އެމްބިޔުލާންސްތައް ހަވާލުކުރުމަށް 180 ދުވަހުގެ މުއްދަތެއް ވަނީ ދެވިފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.