އިލެކްޝަން ކޮމިޝަނުގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް ހަސަން ޒަކަރިއްޔާ އައްޔަނުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަންގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަނުކޮށްފައި މިވަނީ މި މަގާމު ހުސްކޮށް ހުންނަތާ ތިން އަހަރު ފަހުންނެވެ. އިލެކްޝަން ކޮމިޝަނުގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމުގައި އެންމެފަހުން ހުންނެވީ މިހާރުގެ އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓެރީގެ މަގާމުގައި ހުންނެވި އަހްމަދު އަލީއެވެ.
ހަސަން ޒަކަރިއްޔާ އިލެކްޝަން ކޮމިޝަނުގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް އައްޔަނުކުރުމުގެ ކުރިން ވަނީ އެ ކޮމިޝަނުގެ ޑިރެކްޓަރުގެ މަގާމު ފުރުއްވާފައެވެ. ހަމަމިޔާއެކު، މިއަދާހަމައަށް އޭނާވަނީ އިލެކްޝަން ކޮމިޝަނުގެ ވަގުތީ ސެކްރެޓެރީ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވާފައެވެ.

އިލެކްޝަން ކޮމިޝަނުގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމު ހުސްކޮށް ގިނަ ދުވަސްތަކަކަށް ހުރުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުންވެސް ވަނީ އެމަގާމަށް މީހަކު އައްޔަނުކުރުމަށް އަންގާފައެވެ.

މިމަގާމަށް މީހަކު އައްޔަނުކުރުމުށް އެމަގާމަަށް ކުރިމަތިލުމަށް ހުޅުވާލުމަށްފަހު ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރޭގައި އިންޓަވިއުތަކެއް ހިންގެއެވެ. އަދި އެއަށްފަހު ކޮމިޝަންގެ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުން އަގުލަބިއްޔަތުން ހޮވޭ މީހަކު އިލެކްޝަން ކޮމިޝަނުގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް އައްޔަނުކުރެވެއެވެ.

އިލެކްޝަން ކޮމިޝަނުގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް އައްޔަނުކުރެވިގެން އައި ހުސެން ޒަކަރިއްޔާއަކީ ފާއިތުވި ދިޔަ އިންތިހާބުތަކަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވަމުން އައި ބޭފުޅެކެވެ.

 

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.