6 މެއި 2021 - ރައީސް މުހައްމަދ ނަޝީދަށް ހަމަލާދެވުނު ވަގުތު -- ފޮޓޯ: ފުލުހުން އާންމުކޮށްފައިވާ ވިޑިއޯ އިން ނެގިފައިވާ މަންޒަރެއް

ހުސްވި މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާގަައި ޒަޚަމްވި މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސާރވިސަސްއިން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައިވަނީ ބޮމުގެ ހަމަލާގައި ޒަޚަމްވި މީހާއަށް މިނިސްޓްރީގެ މެންޑޭޓުގެދަށުން ފޯރުކޮށްދެވޭނެ އެހީގެ މަޢުލޫމާތު ހިއްސާކޮށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އަދި ޚަބަރުފަތުރާ ވަސީލަތްތަކުން ޚަބަރުތައް ޝާއިއުކުރުމުގެ ކުރިން މިނިސްޓްރީއިން މަޢުލޫމާތު ކަށަވަރުކުރެއްވުމަށް ވަނީ އެދިފައެވެ.

ޖެންޑަރ މިނިސްޓްރީން މިހެން  ބުނެފައިމިވަނީ ބޮމުގެ ހަމަލާދިން ވަގުތު އެސަރަހައްދުގައި ހުރި ހދ. ވައިކަރަދޫ އާދަމް އުމަރުގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާލިބި ވަޒީފާ ދޫކޮށްލަން ޖެހުމުގެ ސަބަބުން މާލީ ހާލަތު ދަށްވެފައިވެ، އެހީއަށް އެދި ޖެންޑަރ މިނިސްޓްރީއަށް ސިޓީއެއް ފޮނުވިކަމަށް އޭނާއާ ހަވާލާދީ ބައެއް މީޑިއާ ތަކުގައި ރިޕޯޓްކުރުމާއި ގުޅިގެންނެވެ. އަދި އެ ސިޓީ ލީތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް، އެ ސިޓީއަށް އެއްވެސް  ޖަވާބެއް މިނިސްޓްރީން ލިބިފައިނުވާކަމަށް ބުނެފައިވެއެވެ.

ބޮމުގެ ހަމަލާގައި އޭނާގެ ފައިގެ އިނގިލިތަކުގެ ބައެއް ކަށިކޮޅުތައްވެސް ބިނދިފައިވެއެވެ.ފަށަށް ލިބުނު އަނިޔާ އާ ގުޅިގެން އޭނާއަށް ހިނގާ ނޫޅެވޭކަމަށާއި ހިނގެނީ އަސާގަނޑެއްގެ އެހީގައި ކަމަށް އާދަމް ވަނީ ބުނެފައެވެ.

އާދަމް ބުނެފައިވަނީ އަނިޔާއާ ގުޅިގެން ހޮސްޕިޓަލަށް ދައްކަން ޖެހުނު 400 ރުފިޔާ އާސަންދައިން ކަވަރުކޮށްފައިވާކަމަށެވެ. އެހެން އެއްވެސް އެހީތެރިކަމެއް މިހާތަނަށް ލިބިފައި ނުވާކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.