24 އޭޕްރީލް 2021 - އެމްޑީޕީގެ ޤައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މުންޝިދު / އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއަށް ދިން ހަމަލާއާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ތާވަލް ކޮށްފިއެވެ.

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި މިރޭ ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އެޖެންޑާގައި ހިމަނާފައިވަނީ ރައީސް ނަޝީދުއަށް ދިން ހަމަލާއާ ގުޅިގެން ހުށަހަޅާ "މެއި ހަޔެއް ގަރާރް" އަށް ގޮތެއް ނިންމުމެވެ.

ކޮވިޑާއި، އަދި އެނޫންވެސް ސަބަބުތަކާހުރެ އޮންލައިކޮށް "ޒޫމް" އިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން ފަށާނީ މިރޭ 9:00 ޖަހާއިރު ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ވަށައިގެންވާ ކަންކަމާއި، ހަރުކަށި ފިކުރުގެ ނުރައްކާ އޮތް މިންވަރާއި ގުޅޭގޮތުންނާއި، މައްސަލައަށް އިންސާފު ލިބޭކަން ކަށަވަރުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް އުނގޫފާރު ދާއިރާގެ މެމްބަރ ވަނީ މިދިޔަ ހަފްތާގައި ހުށަހަޅުއްވާފައެވެ. މި ހުށަހެޅުމަށް ތާއީދުކުރައްވައި ސޮއިކުރެއްވީ މުހައްމަދު ސައިފް ފާތިހުއެވެ.

 

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.