މިނިސްޓަރ އޮފް ހެލްތުގެ މަގާމުގައި ހުންނެވި އަހްމަދު ނަސީމްއަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ފާސްކޮށްފިއެވެ. 

އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ހެލްތު މިނިސްޓަރުގެ މަގާމަށް ނަސީމް އައްޔަނުކުރައްވާފައިވާއިރު މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ނުވަ މެމްބަރުންގެ އިއްތިފާގުން ވަނީ ނަސީމްއަށް ރުހުން އޮތްކަމަށް ފާސްވެފައެވެ. ދެން މި މައްސަލައިގައި ގޮތެއް ނިންމާނީ މަޖިލިސް ތަޅުމުންނެވެ. 

ފޮރިން ދާއިރާގައި ވެސް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނަސީމް، ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވަނީ އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވާފައިވާތީއެވެ. އަމީން އިސްތިއުފާ ދެއްވީ ވެންޓިލޭޓަރު މައްސަލަ ހޫނުވެގެންނެވެ. 

ހެލްތު މިނިސްޓަރުގެ މަގާމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ނަސީމް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.