ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ތައުލީމުގެ ބިލު މިއަދު ތަސްދީގު ކުރައްވައިފިއެވެ. މިއީ 2020 އޮކްޓޫބަރު 26 ވީ ހޯމަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.

މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އުނގެނުމުގެ ހައްގު ކޮންމެ ކުއަޖަކަށްވެސް އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމްކުރަންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމްކޮށް، ދަރިވަރުންނަށާއި މުދަރިސުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައަޅައި، އުނގަންނައިދިނުމާއި ގުޅޭ އެނޫންވެސް ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައިވަ ގާނޫނެކެވެ. 

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި ގާނޫނުގެ ސަބަބުން އުނގެނުމުގެ ހައްގު އެންމެނަށް ކަށަވަރުކޮށްދީ، މުދައްރިސުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ނިޒާމެއް ގާއިމްކުރެވިގެންދާނެއެވެ. އަދި، އިސްލާމީ ތަރުބިއްޔަތު އުނގަންނައިދީ، އިސްލާމީ ޝަރީއަތާއި ފުށޫނާރާނެހެން އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމަށް ބާރުއަޅާ ތައުލީމީ ނިޒާމެއް ގާއިމްވެގެންދާނެއެވެ. 

ރައީސް މި ބިލު ތަސްދީގުކުރެއްވުމާއެކު، މި ގާނޫނު މިހާރުވަނީ ގެޒެޓުގައި ޝާއިއުކުރެވިފައެވެ. އެހެންނަމަވެސް، މި ގާނޫނަށް އަމަލުކުރެވެން ފެށޭނީ ދެން އަންނަ އަހަރު ދިރާސީ އަހަރު ފެށޭ ތާރީހުގައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޕްރީ ސްކޫލް ހިންގުމުގެ ޤާނޫނު އުވައިލެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.