މިއަދު ހިފާ  "ރިންގް އޮފް ފަޔަރ" އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ޖަޒީރާއަށް މައުލޫމާތު ދެމުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް (މެޓް) އޮފީހުން ބުނީ، މިއަދު ހިފާ އިރު ކޭތަ ރާއްޖޭގެ އެއްވެސް ހިސާބަކަށް ނުފެންނާނެ ކަމަށެވެ.

ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި އިރު ކޭތަ އެންމެ ބޮޑަށް ފެންނާނެ ކަމަށް ބެލެވިފައިވަނީ އޭޝިޔާގެ އުތުރު ސަރަހައްދުތަކަށާއި، އެމެރިކާ އަދި ޔޫރަޕްގެ ގައުމުތަކަށެވެ.

އިރާއި، ދުނިޔެއާ ދެމެދަށް ވާގޮތަށް ހަނދާއި، އެއްރޮނގަކަށް އަންނައިރު، ދުނިޔެއަށް ހަނދުގެ ވަށައިގެން އިރު ފެންނަން ހުންނާނީ އަނގޮޓިއެއްގެ ސިފައިގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މެޓް އޮފީހުން ބުނީ، މިކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން މިއަދު މެންދުރު 1:12 ގައެވެ. ކޭތަ ފުރިހަަމަވާ ގަޑިއަކީ ރާއްޖެ ގަޑިން 3:41 އެވެ. ކޭތަ ވީއްލާނެ ކަމަށް ލަފާކުރެވެނީ ރާއްޖެ ގަޑިން ހަވީރު 6:11 ގައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.