ރާއްޖެއިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެއިން، އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޒް އާއި އެކު

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހާއްސަ މަންދޫބަކަށް ތިލްމީޒާ ހުސެއިން އައްޔަނުކުރައްވައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އިންތިހާބުވެފައެވެ. އޭނާ އިންތިހާބުވެވަޑައިގެންނެވީ ހޯމަ ދުވަހު އެވެ.

މިއީ ރާއްޖޭގެ ތާރީހުގައިވެސް އދ. ގެ ރިޔާސަތު ބަލަހައްޓާ ގައުމަކަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރަކު ހޮވުނު ފުރަތަމަ ފަހަރު އެވެ.

ރޭ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހާއްސަ މަންދޫބަކަށް ތިލްމީޒާ ހުސެއިން އައްޔަނުކުރެއްވިކަން ހާމަކުރައްވާފައެވެ. އަދި ޗީފް އޮފް ސްޓާފްގެ މަގާމަށް އިންޑިއާއިން އދ.އަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ ނައިބު ނަގަރާޖް ނައިޑޫ ކުމާރު އައްޔަނުކުރައްވާފައިވާ ކަމަށެވެ.

ތިލްމީޒާ އަކީ ރާއްޖެއިންއދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބެވެ. އޭނާ ވަނީ  މިންތީގެ ހަމަހަމަކަން ހޯދައިދިނުމަށް މަސައްކަތް ކުރައްވާ ފަރާތެއްގެ އިތުރުން، ތިމާވެށި ހިމާޔަތް ކުރުމަށް ވެސް ވަކާލާތު ކުރައްވާ ފަރާތެކެވެ. އެގޮތުން، އޭނާ ވަނީ ކްލައިމެޓް ޖަސްޓިސް ވޯކިން ގްރޫޕްގެ ޗެއާޕާސަންކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

އާއްމު މަޖިލީހުގެ ރިޔާސަތުގެ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އދގެ އާއްމު މަޖިލީހުގައި ތަޤްރީރުކުރައްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވެފައިވަނީ އޭނާގެ ޓީމަކީ މިންތީގެ ހަމަހަމަކަން ގާއިމްކުރެވިފައިވާ އަދި ހުރިހާ ޖިއޮގްރަފިކަލް ސަރަހައްދުތައް ތަމްސީލްކުރެވޭ އަދި، އެކި ގައުމުތަކުގެ މައްޗަށް ބަހާލެވޭ ޓީމަކަށް ހައްދަވާނެކަމަށެވެ. މީގެ ތެރޭގައި ތަރައްޤީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ޤައުމުތައްވެސް ހިމެނޭނެކަމަށް ވެސް ވިދަޅުވިއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.