ޖުމްހުރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގައުމާ މުހާތަބު ކުރައްވާނެއެވެ.

މިކަން އިއުލާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ޖުމްހުރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 10:00 ގައި ރައީސް ގައުމާ މުހާތަބުކުރައްވާނެކަމަށެވެ. ރައީސް މުހާތަބުކުރައްވާނީ ގައުމީ ޓީވީއާއި ރޭޑިއޯގެ ވަސީލަތްތައް މެދުވެރިކޮށެވެ.

މާދަމާގެ ހިތާބުގައި، ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ލިބިފައިވާ ގެއްލުމާއި، އެ ގެއްލުންތަކުން އަރައިގަތުމަށް ކުރުމަށް ނިންމާފައިވާ ބައެއް ކަންތައްތައް ގައުމާ ހިއްސާކުރައްވާނެކަމަށް ބެލެވެއެވެ. އަދި، މި ސަރުކާރަށް 2 އަހަރު ފުރުމާއި ގާތްވެފައިވާއިރު، ފާއިތުވި 2 އަހަރު ތެރޭގައި ހާސިލްކުރެވުނު ކަންތައްތައްވެސް ހިއްސާކުރައްވާނެކަމަށް ބެލެވެއެވެ.

ކޮންމެ އަހަރަކުވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ފާހަގަކުރަނީ ޖުމްހުރީ ދުވަހުގެ ގޮތުގައެވެ. މިދުވަހު ބާއްވާ ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާ، ކޮވިޑް-19ގެ ސަބަބުން ނުބާއްވާނެކަމަށް ރައީސް އޮފީހުން ވަނީ ކުރިން އިއުލާންކޮށްފައެވެ.

ޖުމްހޫރީ ދުވަހާއި ގުޅިގެން ނޮވެމްބަރު 12ވަނަ ދުވަސްވެސް ބަންދުކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.