ރިޕޯޓް
އިރުވައި މޫސުން ފެށޭ ދުވަހު އިވެމުންދިޔަ ބިރުވެރި އަޑު

މިއަދަކީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. އިރުވައި މޫސުން ފެށޭ ދުވަހެވެ. މުލަ ނަކަތުން އެއްވަނަ ދުވަހެވެ.
އިހު ދިވެހީންގެ ތާރީޚާއި އާދަކާދަޔަށް ބަލާނަމަ މިއަދަކީ ބަޑި ހަލާ ދުވަހެވެ.

އެ ޒަމާނަކީ ކަނޑު ދަތުރުތަކުގެ ރަންޒަމާނެވެ. ވައިގެ ދަތުރުފަތުރު ނުފެށި އޮތް ޒަމާނެވެ.

ކަނޑު ދަތުރުކުރަން ފަސޭހައީ އިރުވައި މޫސުމުގައެވެ.

އެޒަމާނުގައި އުތުރުކަރައިގެ ފޭރޭމީހުން ތިބެނީ އިރުވައި މޫސުން ފެށޭނެ ދުވަހަކަށް ބަލަބަލައެވެ.

އިރުވައި މޫސުން ފެށުމާއިއެކު ރާއްޖޭގެ ރަށްތަކަށް ޚާއްސަކޮށް އުތުރުގެ ރަށްތަކަށް އުތުރުކަރައިގެ ފޭރޭމީހުންގެ އުނދަގޫތައް ބޮޑުވެއެވެ. އެމީހުންނަކީ އަޅެފަހެ ކޮންބައެއްތޯއެވެ. އެއީ ދިވެހިންގެ މުދާ ލޫޓުވަން އަންނަބަޔެކެވެ. ގަހަނާތައް ފޭރެން އަންނަ ބައެކެވެ. ކޮށާރުތަކުގައި ހުރިއްޔާ ހުރި އެއްޗެއް އަނިޔާވެރިކަމާއެކު ނަގައިގެން ގެންދަން އަންނަ ބައެެކެވެ.

މި ނުރައްކަލުގެ އިންޒާރު ދިނުމަށްޓަކައި އިރުވައި މޫސުން ފެށޭ ދުވަހު ބަޑިހަލައެވެ.

މިފަދައިން ފޭރޭމީހުން ރަށްރަށަށް އަރަމުން ދިޔަ ދުވަސްތަކަކީ ބިރުވެރި ދުވަސްތަކެކެވެ. އެފަދަ ދުވަސްތަކުގައި ކާބަފައިން ރުއި ރުއިމުގެ އަޑު އަދިވެސް ކަނޑައިގެނެެއް ނުދެއެވެ.

އެ އަޑު އަންނަނީ އުފުލެމުންދާ ރާޅުތަކުގެ އޮއެވަރާއިއެކީގައެވެ. ޖެހެމުންދާ ވައިރޯޅިތަކުގެ ފިރުމުންތަކާއިއެކީގައެވެ. އަރަމުންދާ އިރުގެ ދޯދިތަކާއިއެކީގައެވެ. އެ އަޑު ބުނަމުންދަނީ އަހަރެމެން ރޮއެފީމުއޭ. އަދިވެސް ރޯންޖެހިދާނެކަމަށް ދަރިފުޅުމެން ވިސްނާށޭ. އެހެންވީމާ މިއަދުވެސް އަޅުގަނޑުމެން ތިބެންޖެހޭނީ ވިސްނައިގެންނެވެ. އެކަމާ ހޭލާ ސަމާލުވެގެންނެވެ.

ބަޑި ހެލުމާއި ބެހޭގޮތުން އިތުރު މަޢްލޫމާތު ހޯއްދެވުމަށް މި ވީޑިއޯ ބައްލަވާ.

https://youtu.be/QsmIw3kYYyU?si=D6avxYfMEzpJ4IJc

6
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top