ސިނަމާލެ ބްރިޖު ހައިވޭގައި ފުލުހުންގެ ވެހިކަލަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި ބްރިޖު ހައިވޭގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން އެ ސަރަހައްދަށް ދިޔަ ޕޮލިސް ވެހިކަލް މަޑުކޮށްގެން އޮއްވާ މާލެ އިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ޕިކަޕަކުން ޖެހި މިއަދު ހަވީރު 16:45 ގައި ވަނީ އެކްސިޑެންޓެއް ހިނގާފައިވެއެވެ.
ބްރިޖް ހައިވޭގައި ހިންގި އެކްސިޑެންޓާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް އެކްސިޑެންޓުވެފައިވާ ޕޮލިސް ވެހިކަލަށާއި ޕިކަޕަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުންގެ ވެހިކަލާއި އެކްސިޑެންޓްވި ޕިކަޕް މިހާރު ޓޯ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ މިހާރު އިތުރަށް ތަހުގީގު ކުރަމުންނެވެ.