މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުންތައް ލައިވް ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ ޖަލްސާތައް ލައިވް ކުރުމަށް އެންމެ ފުރަތަމަ ބޭއްވުނު ޖަލްސާގައި، އެސްއޭޕީ ކަނޑައަޅައި ފާސްކޮށްފައިވާއިރު، އައިޓީ ޑިޕާޓްމެންޓާއި ގުޅިގެން ކައުންސިލްގެ ޖަލްސާތައް ލައިވް ކުރުމަށް އިންތިޒާމްތައް ހަމަޖައްސަމުންދާކަމަށް މާލެސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ވަނީ ފާހަގަކޮށްފައެވެ.

ޖަލްސާތައް ލައިވް ކުރުމުގެ އިތުރުން ކައުންސިލާއި ކައުންސިލް މެމްބަރުންގެ ޓްރާންސްޕޭރެންސީ އާންމު ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމުގެ ގޮތުން ހުރިހާ ކައުންސިލް މެމްބަރުންގެ މާލީ ތަފްސީލްތައް ވެބްސައިޓްގައި އާންމު ރައްޔިތުންނަށް ފެންނަހެން ޝާއިއު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް މޭޔަރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކައުންސިލްގައި ތިއްބާވާ އެމްޑީޕީގެ މެމްބަރުން ވަނީ އެންމެ ފަހުން ބޭއްވުނު ބައްދަލުވުމުގައިވެސް ޖާގަ އޮތް މިންވަރަކުން އާންމުނަށް ހުޅުވާލައިގެން ބައްދަލުވުންތައް ކުރިޔަށް ގެންދިޔުމަށް ހުށައަޅާފައެވެ. އަދި ސޯޝަލް މީޑިޔާ މެދުވެރިކޮށް ކައުންސިލްގެ ބައްދަލްވުންތައް ލައިވް ކުރުމުގެ އިތުރުން އޯޑިއޯ ރެކޯޑިން ނަގާ ބެލެހެއްޓުމަށްވެސް ވަނީ ހުށައަޅާފައެވެ.

އެހެންނަމަވެސް މިއިން އެއްވެސް ހުށައެޅުމެއް ފާސް ވެފައެއް ނުވެއެވެ. ހަމަމިޔާއެކު ކައުންސިލް މެމްބަރުންގެ މާލީ ބަޔާންތައް ހާމަކުރުމަށް ހުށައަޅާފައިވާ ހުށައެޅުންވެސް ފާސް ވެފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.