މާލޭ ސިޓީ ކައުންސިލްގެ މޭޔާ ޝިފާ މުހައްމަދަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލާގެ ބައެއް ކަންކަން އިސްލާހު ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ. 

ޝިފާގެ މައްސަލަ ދައުވާ ކުރަން އޭސީސީއިން ފޮނުވިތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިއީ އާންމުކޮށް ދައުވާ ކުރުމަށް ހޭދަވާ މުއްދަތަށްވުރެ ދިގު މުއްދަތެކެވެ. ޝިފާއަކީ ޕީޖީ ހުސެއިން ޝަމީމްއާ އާއިލީ ގުޅުން އޮންނަ ބޭފުޅެއް ކަމުން ޝަމީމް ވަނީ މައްސަލައިން ތަނާޒުލްވެވަޑައިގެންފައެވެ. 

ޕީޖީ އޮފީހުން ބުނި ގޮތުގައި ޝިފާގެ މައްސަލަ ދިރާސާ ކުރުމަށްފަހު އޭގައި އިސްލާހު ކުރުމަށް ކަންތައްތަކެއް ހުރުމުން އެ ކަންތައްތައް އިސްލާހު ކުރުމަށް މިހާރު ވަނީ މައްސަލަ އޭސީސީއަށް ފޮނުވާފައެވެ. މީގެ ތެރޭގައި ތަހުގީގުގައި ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން ވެސް ހިމެނެއެވެ. 

ޝިފާއަށް ދައުވާ ކުރުމަށް އޭސީސީއިން ޕީޖީއަށް ފޮނުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ބައެއް މެންބަރުން ވަނީ އޭސީސީއަށް ފާޑުވެސް ވިދާޅުވެފައެވެ. ޝިފާގެ ދިފާއުގައި އެމްޑީޕީ ވާހަކަ ދައްކަވައި އޭސީސީ މެންބަރުން ބޭރުކުރުމަށް ވެސް ގޮވާލާފައިވެއެވެ.

ޝިފާ ވެސް ވަނީ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ. ތެދުވެރިކަމާއެކު ރައްޔިތުންގެ ހިދުމަތުގައި ހުންނަވާނެ ކަމަށް ވިދާޅުވެ އޭނާގެ މަސައްކަތުގައި ކޮރަޕްޝަންގެ ލައްގަނޑު ޖެއްސުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވިޔަ ނުދޭނެ ކަމަށް ޝިފާ ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.