ޔޫތު މިނިސްޓަރ މަހްލޫފް (ކ) އަދި ރައީސް ސޯލިހު (ވ)

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ބޮޑު ހިޔާނާތުގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހްލޫފާއި ދެކޮޅަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާތީ ވަޒީރުކަމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފި އެވެ.

މީޑިއާތަކަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލާގައި މަހްލޫފްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާކަމަށެވެ. އެހެންކަމުން ޕީޖީން ވަކިގޮތެއް ނިންމަން ދެން، މަހްލޫފް މަސައްކަތުން އެކަހެރި ކުރެވިފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަހްލޫފް މައްޗަށް ދައުވާކޮށްފައި ވަނީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕްރޮގްރެސިިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ލިބިފައިވާކަން އެނގޭ ކަމަށް ބުނެއެވެ.

ރިޝްވަތު ނެގުމުގައި ކުށުގެ އިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި މަހްލޫފްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، އޭނާގެ ކޮއްކޮ މުބީންގެ މައްޗަށް ވެސް ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި ދައުވާ އުފުލާފައެވެ.

މަހްލޫފްގެ އެކައުންޓަށް ޖަމާވެފައިވާ އެސްއޯއެފް ޗެކުގެ މައްސަލާގައި 2019 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާ ސަސްޕެންޑު ކުރެއްވިއެވެ.

މީގެކުރިން ހާމަވެފައިވާ ގޮތުގައި މަހްލޫފްގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެއެވެ. އެހެން ނަމަވެސް އެއީ ޑޮލަރުގެ މުއާމަލާތެއްގައި ފައިސާކަމަށް މަހްލޫފް ވިދާޅުވެފައިވެއެވެ. އަދި އާއިލީ ވިޔަފާރިއަށް ޑޮލަރު ގަތުމަށް އެސްއޯއެފްއަށް ފައިސާ ޖަމާކުރި ސްލިޕްތައް ވެސް މަހްލޫފް އާންމުކުރައްވާފައިވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން އޭރު އެ މައްސަލަ ތަހުގީގު ކުރުމަށްފަހު މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށް ވެސް ނިންމާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.