އިމްތިހާނުގައި ދަރުމަވަންތަ ސުކޫލްގެ ދަރިވަަރުންތަކެއް -- ފޮޓޯ: އެޑިއުކޭޝަން

ދިރާާސީ އަހަރުގެ ކިޔެވުން ނިމެންދެން މާލެ ސަރަހައްދުގެ ސުކޫލްތަކުގެ ކިޔެވުން ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގެ އެއްވެސް ސުކޫލަކަށް ދަރިވަރުން ހާޒިރުކޮށް ކިޔަވައިދިނުން ކުރިއަށް ނުގެންދާނެކަމަށެވެ. އަދި މި ދިރާސީ އަހަރު ނިމެންދެން ކިޔެވުން ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމަށް ތާވަލްކޮށްފަިއވަނީ މި މަހުގެ 30 އެވެ. ދިރާސީ އަހަރުގެ ކިޔެވުން ނިންމާލާ ދަރިވަރުން ބޮޑު ޗުއްޓީއަށްދާނީ ޖުލައި މަހު އެވެ. މިއީ ދަރިވަރުންނަށް ބޮޑު ޗުއްތީ ޖުލައި މަހުގައި ލިބޭ ފުރަތަމަ އަހަރު އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ސްކުލްތައް އެންމެ ފުރަތަމަ ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗް މަހު ރާއްޖެ އެކީގައި ލޮކްޑައުން ކުރެވުނުއިރުއެވެ. އެއަށްފަހު ރާއްޖެ ލޮކްޑައުންއިން ނެގުމަށްފަހުވެސް ގިނަ ސްކޫލްތަކުގައި ގްރޭޑް 10 އެއްގެ ދަރިވަރުން ފިޔަވާ ހުރިހާ ދަރިވަރުންވެސް ކިޔެވުން ކުރިޔަށް ގެންދަމުން އައީ އޮންލައިންކޮށެވެ.

މިއަހަރުގެ ޖެނުއަރީ މަހު ދެވަނަ ސެމެސްޓާގެ ކިޔެވުން ފެސޭމާއެކު ސްސުކޫލްތައް ހުޅުވިކަމުގައިވީނަމަވެސް ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ކޮވިޑް-19 ކޭސްތައް އިތުރުވުމާއި ގުޅިގެން އޮންލައިންކޮށް ކިޔަވައިދިނުމަށް ބަދަލުކޮށްފައިވެއެވެ. ކޮވިޑްގެ ހާލަތު ރަނގަޅުވާން ފެށުމާއެކު ސުކޫލްްތައް ހުޅުވައިގެން ކިޔަވައިދޭން ފެށިނަމަވެސް ކޮވިޑްގެ ހަތަރު ވަނަ ރާޅާއެކު އަނެއްކާވެސް ސުކޫލްތައް ބަންދުކުރަންޖެހުނު އެވެ/

ގްރޭޓާ މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލުކުރުމަށްޓަކއި ހަރުކަށި ފިޔަވަޅުތަކެއް އެޅިފައިވާއިރު ބޮޑު އީދަށް ޖުލައި މަހު އާންމު ހާލަތަށް ދިއުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.