މާލޭ އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސިންތެޓިކް އެޅުމުގެ މަސައްކަތް، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ރަސްމީކޮށް މިރޭ ފައްޓަވައިދެއްވައިފިއެވެ.

ސިންތެޓިކް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އެކަމަށް ހާއްސަކޮށްގެން އެކުވެނި ޓްރެކްގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އަހްމަދު މަހްލޫފް އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވިއިއެވެ.

1996 ވަނަ އަހަރު ގާއިމްކުރެވުނު ޓްރެކް އަލުން މަރާމާތުކޮށް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް މަސައްކަތް ފެށީ މިއަހަރުގެ ތެރޭގައެވެ. އެގޮތުން އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ ކުރިން ގާއިމްކުރަން ޖެހޭ ސަބް ބޭސްގެ މަސައްކަތް ސީއެސްއާރުގެ ދަށުން ކޮށްފައިވަނީ އާރުކޭއެލް ގްރޫޕްގެ ފަރާތުންނެވެ.

ކޮންކްރީޓްގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ދެން އޮންނާނީ ސިންތެޓިކް އެޅުމުގެ މަސައްކަތެވެ. އެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓް ކުރެވިފައި ވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން (ޕޮލްވެކް) އާއެވެ. މި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ 2 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭނެއެވެ. ޖުމްލަ 12،543،231.75 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގައި 9،200 ސްކޮޔަރ މީޓަރުގެ ސަރަހައްދެއްގައި ސިންތެޓިކް ޓްރެކް އެޅިގެންދާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މި މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާ މަސައްކަތެކެވެ. ޓްރެކްގެ ސަބް ބޭސް މަސައްކަތް ސީއެސްއާރުގެ ދަށުން ކުރިޔަށް ގެންދިޔައީ އާރުކޭއެލް ގްރޫޕުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.