މާލެ ސްޓްރީޓް ސްކޭޕިންގް މަޝްރޫއުގެ ދަށުން ހަނދުވަރީ ހިނގުމުގެ މަސައްކަތް އަންނަ ހަފްތާއަށް ނިންމާލެވޭނެކަމަށް މަސައްކަތް ކުރިއަށްގެންދާ ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ.

ހަނދުވަރީ ހިނގުން ތަރައްޤީކުރަމުން އަންނަނީ މާލެ ސްޓްރީޓް ސްކޭޕިންގ މަޝްރޫއުގެ ސެގްމެންޓް 1 ގެ ދަށުންނެވެ. ހަނދުވަރީ ހިނގުމުގެ ބްލޮކް 1 އަދި 2 ގެ މަސައްކަތް ވަނީ ނިމިފަ އެވެ.

އާރުޑީސީން ބުނިގޮތުގައި ހަނދުވަރީ ހިނގުމުގެ ބްލޮކް 3 އަދި 4 އެއްގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހު ނިންމާލެވޭނެ އެވެ. އަދި އަންނަ ހަހަފްތާގެ ތެރޭގައި އާންމުންނަށް ހަނދުވަރީ ހިނގުން ހުޅުވާލެވިގެން ދާނެކަމަށް އެ ކުންފުނިން ބުންޏެވެ.

އާރުޑީސީގެ ފަރާތުން މިހާރު ހިންގަމުން އަންނަ އެންމެ ބޮޑު ޕްރޮޖެކްޓަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގަމުން އަންނަ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން މާލޭގެ މުނިޔާ މަގުގެ 3 ބްލޮކެއްގެ މަސައްކަތާއި، ޝަހީދް އަލީ ހިނގުމުގެ ބައެއް ބްލޮކްތަކުގެ މަސައްކަތާއި ފުލޫނިޔާ މަގުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މާލޭ ސިޓީ ސްޓްރީޓްސްކޭޕިންގ ޕްރޮޖެކްޓް އަކީ 462 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ފުރަތަމަ ފޭސް ގެ ދަށުން އަށް މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެއެވެ.

މާލޭ ސިޓީ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން ހަތަރު ވައްތަރެއްގެ މަގު ހެދުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ހިމެނެނީ އާޓީރިއަލް ރޯޑްސް، ސިޓީ ރޯޑްސް، ސެކަންޑްރީ ރޯޑްސް އަދި ނެއިބާހުޑް ޕެޑެސްޓްރިއަން ރޯޑްސްއެވެ. މިޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު ކަރަންޓާ ފެނާއި ނަރުދަމާ އާއި ޑީވޯޓިން އާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭނެ ގޮތްތަށް ވަނީ ފަރުމާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.