މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް | ފޮޓޯ: ޔޫތު މިނިސްޓްރީ

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ، ފުލުހުންނާއި އޭސީސީން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފާއި ދެކޮޅަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ލިބިފައި ވާ ކަން އެނގޭ ކަމަށް އޭސީސީއިން ހާމަކޮށްފައިވެއެވެ.

މަހްލޫފްގެ އެކައުންޓަށް ޖަމާވެފައިވާ އެސްއޯއެފް ޗެކުގެ މައްސަލާގައި 2019 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާ ސަސްޕެންޑު ކުރެއްވިއެވެ.

މީގެކުރިން ހާމަވެފައިވާ ގޮތުގައި މަހްލޫފްގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެއެވެ. އެހެން ނަމަވެސް އެއީ ޑޮލަރުގެ މުއާމަލާތެއްގައި ފައިސާކަމަށް މަހްލޫފް ވިދާޅުވެފައިވެއެވެ. އަދި އާއިލީ ވިޔަފާރިއަށް ޑޮލަރު ގަތުމަށް އެސްއޯއެފްއަށް ފައިސާ ޖަމާކުރި ސްލިޕްތައް ވެސް މަހްލޫފް އާންމުކުރައްވާފައިވެއެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން އޭރު އެ މައްސަލަ ތަހުގީގު ކުރުމަށްފަހު މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށް ވެސް ނިންމާފައިވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.