ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން 'ދަން ޖައްސަންޖެހޭ' ކަމަށް، ވިދާޅުވި މައްސަލައިގައި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމްގެ މައްޗަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމައިފިއެވެ.

ސިޔާމްގެ މައްޗަށް އެޅުމަށް ނިންމި ފިޔަވަޅަކީ އޭނާއަށް ނަސޭހަތްތެރިވުމުގެ އިތުރުން ހިސާންގެ ކިބައިން މާއާފަށް އެދެން އެންގުމެވެ. މިގޮތަށް ނިންމީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ

އިއްޔެގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ، ހިސާން އަކީ ދަންޖައްސަން ޖެހޭ މީހެއް ކަމަށާއި، އޭނާ މަރާލިޔަސް ފާފަވެރި ނުވާނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ތިއްބެވި ތަނެއްގައި ސިޔާމް ވާހަކަ ދެއްކެވި މައްސަލައެއް މެމްބަރުންގެ ސަމާލުކަމަށް ގެންނަވާފައެވެ.

އެ މައްސަލަ ރިޔާސަތުގެ ސަމާލުކަމަށް ގެންނެވީ ހިސާންއެވެ. މި މައްސަލަ މައްސަލަ ބަލައި ދިނުމަށް އެދި، ޑިފެންސް މިނިސްޓްރީއަށާއި، ފުލުހުންނަށް ވެސް ވަނީ ހުށައަޅާފައެވެ.

ސިޔާމް މިހެން ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ ބައްދަލުވުމަށްފަހު އެ ކޮމިޓީއިން ނުކުންނަވައި ބޭރުގައި ތިއްބެވި މެންބަރުންނާ ވާހަކަ ދައްކަވަމުންނެވެ.

މެމްބަރު ހިސާން ދަންޖެއްސަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވާ އޯޑިއޯވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. އެ އޯޑިއޯގައި ސިޔާމް ވިދާޅުވެފައިވަނީ ހިސާން ދަންޖައްސަންޖެހޭ ކަމަށާއި، އެކަން ކޮށްގެން ފާފަވެރި ވެސް ނުވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ހިސާންގެ ކިބައިން ސިޔާމު މާފަށް އެދިވަޑައިގެންފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަން ކޮމިޓީއާއި ހިއްސާކުރައްވާފައެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.