މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ

2030 އަހަރަށް ދިވެހިރާއްޖެއަކީ ނެޓް ޒީރޯ ޤައުމަކަށް ހެދުމުގެ މަސައްކަތަކީ އުނދަގޫކަމެއް ކަމަށާއި އެެ ޓާގެޓް ހާސިލުކުރުމަށް ޓެކްނިކަލް އެހީ އާއި ފައިސާގެ އެހީ ބޭނުންވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އެގޮތަށް ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ކޮމަންވެލްތް އިން ބޭއްވި ހައި ލެވެލް ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ފަރާތުން ތަޤުރީރުކުރައްވަމުންނެވެ.

ބައްދަލުވުމުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ ދިވެހިންގެ ދިރިއުޅުން ވަނީ ވަރަށް ބޮޑަށް ކަނޑުތަކާއި ގުޅިފައި ކަމަށެވެ. އއަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި އިކޮނޮމިކް ސެކްޓަރތައްވެސް ބިނާވެގެންވަނީ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށެވެ.

އެހެންނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުތައް ހޫނުވެ، އެ ކަނޑުފަޅުތަކުގެ ރީތިކަމަށާއި މުއްސަނދިކަމަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އެގޮތުން މުރަކަތަކަށާއި ފަރުތަކަށްވެސް ގެއްލުން ލިބެމުން އަންނަކަން ފަހަގަކުރައްވާ ކަނޑުތަކުގެ ދިރުންތަކަށް ގެއްލުން ލިބޭ ވަރަށް މަސްވެރިކަންކުރުމުގެ ސަބަބުންނާއި ކަނޑުތަކަށް ޕްލާސްޓިކް ކުނި އެޅުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލޙް ކްލައިމެޓް އެމަރޖެންސީ އެކްޓް ބިލް ތަސްދީޤުކުރައްވާފަ އެވެ. އަދި 2030 އަންނަން ވާއިރަށް ދިވެހިރާއްޖެއަކީ ނެޓް ޒީރޯ ޤައުމަކަށް ހެދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އެކަންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދަޅުވީ މިއީ އުނދަގޫ ކަމެއް ކަމަށެވެ. އަދި  މިޓާގެޓް ހާސިލުކުރުމަށް ޓެކްނިކަލް އެހީއާއި ފައިސާގެ އެހީ ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވދާޅުވީ، ކަނޑުގެ މާހައުލުތައް ރައްކާތެރިކުރުމާއިއެކު، ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ އިޤްތިޞާދީ ފައިދާ އިތުރުކުރުމުގެ މަޤްޞަދުގައި މެރިން ސްޕޭޝަލް ޕްލޭންތައް ފަރުމާކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެ މަސައްކަތް ކުރިއަށްގެންދަނީ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެއްކަމަށްވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާއި ދިވެހި ސަރުކާރު ގުޅިގެންނެވެ.

މިނިސްޓަރ ވިދާޅުވީ، 'ހައި އެމްބިޝަން ކޯލިޝަން' އަދި 'ގްލޯބަލް އޯޝަންސް އެލިއަންސް' ގެ މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ ވަނީ 2030 ވަނަ އަހަރަށް ކަނޑުތަކުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް 70 ޤައުމަކާއި ގުޅިފައިކަމަށެވެ. އޭގެ އިތުރުން މިނިސްޓަރ ވިދާޅުވީ، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުގެ ސަބަބުން ވަށައިގެންވާ މާހައުލަށާއި ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށެވެ.

އެހެންކަމުން، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ގިނަ ބާވަތެއްގެ ޕްލާސްޓިކް ދިވެހިރާއްޖެ އެތެރެކުރުމާއި، އުފެއްދުމާއި ވިއްކުން މަނާކޮށް، މި ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެކަންތައް ތަންފީޒުކުރަން ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *