މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި ކައުންސިލަރުން

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ހޮވުމަށް ބާއްވާ އިންތިޚާބު މިމަހުގެ 21 ގައި ބޭއްވުމަށް ތާވަލްކޮށްފިއެވެ.

ކައުންސިލްތަކުގެ ބެލެނިވެރިފަރާތްކަމުގައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންނާއި، ކައުނސިލްތަކުގެ ނައިބް ރައީސުން މިހިނގާ ޖޫން މަހުގެ 20 ގެ ކުރިން ހޮވާ ނިންމުމަށް ކައުންސިލްތަކަށް އަންގާފައެވެ.

ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، ރަށުު ކައުންސިލްތަކުގެ ރައީސުންގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ ރައީސުން އިންތިހާބުކުރަނ ރައްޔިތުންގެ ވޯޓުންނެވެ. ނަމަވެސް ސިޓީތަކުގެ ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލްތަކުގެ ނައިބު ރައީސުން އިންތިހާބުުކުރަނީ ކައުންސިލްގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

އަލަށް އިންތިހާބުކުރެވުނު ކައުންސިލްގެ ގޮނޑިތައް ބެހިފައިވާގޮތަށް ބަލާއިރު، މާލެ ސިޓީން ޕީޕީއެމްއަށް 11 ގޮނޑި ލިބިފައިވެއެވެ. މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީއަށް ލިބިފައި ވަނީ މާލެ ސިޓީގެ ހަ ގޮނޑި އެވެ.އެހެންކަމުން ޑެޕިއުޓީ މޭޔަރަަކަށް އައްޔަން ކުރާނީ ޕީޕީއެމްގެ ކައުންސިލަރެކެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމަށް ޕީޕީއެމްގެ ހަތަރު ބޭފުޅަކު ޝައުގުވެރިކަން ފާހަގަކުރައްވައިފައެވެ. އޭގެތެރޭގައި ހިމެނެނީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަޙުލާ އަލީ އާއި، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރާއި، މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝްއާއި، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއުއެވެ. މި ހަތަރު މެމްބަރުންނަކީ އިދިކޮޅު ޕީޕީއެމް އަށް ނިސްބަތްވާ ހަތަރު މެމްބަރުންނެވެ.

މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު އާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވި ނަމަވެސް މިހާރު ކުރިމަތިވެފައިވާ ކޮވިޑްގެ ހާލަތާއި ގުޅިގެން ބައެއް ކައުސިލަރުން ހުވާކޮށްފައިވަނީ އޮންލައިންކޮށެވެ.

އާންމުކޮށް މި މަޤާމަށް ބޭފުޅުން އައްޔަންކުރަނީ ކައުންސިލް ހުވާ ކުރުމަށްފަހު ބާއްވާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައެވެ. ނަމަވެސް ބައެއް ކައުންސިލްތަކުގެ ޑެޕިއިޓީ މެޔަރާއި ނައިބް ރައީސް ހޮވުން ފަސްކޮށްފައިވަނީ ކޮވިޑްގެ ހާލަތާއި ގުޅިިގެން ބައެއް ކައުންސިލަރުންނަށް މި ބައްދަލުވުމުގައި ބައިވެރި ނުވެވުމުގެ ސަބަބުންނެވެ.

މާލެ ސިޓީ ފިޔަވައި އެހެން ހުރިހާ ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުން މިހާރު ވަނީ ހޮވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.