ތ.ވޭމަންޑޫ ހޮސްޕިޓަލް - ފޮޓޯ: މުހައްމަދު އަރުޝަދު

ވޭމަންޑޫއަކީ ކޮވިޑު ނެތް ރަށެއްކަން ޔަގީން ނުވާތީ، އެ ރަށުގައި ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމައި، އަމަލުކުރަން ފަށައިފިއެވެ.

ވޭމަންޑޫ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ، ކޮވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން މި އަހަރުގެ އެޕްރީލް މަަހުގެ 9 ވަނަ ދުވަހު ވޭމަންޑޫ މޮނިޓަރިންގެ ހާލަތަށް ލާފައިވާއިރު، މޮނިޓަރިންގެ ހާލަތުން އެ ރަށް ނަގާފައިވަނީ މި މަހުގެ 5 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އެ ކައުންސިލުން ބުނީ، ކޮވިޑާއި ގުޅިގެން ވޭމަންޑޫގައި އެކުލަވާލާފައިވާ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ލަފާދީފައިވަނީ އެ ރަށަކީ ކޮވިޑު ނެތް ރަށެއްކަން ޔަގީން ކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން އެބަލިން ރައްކާތެރިވުމަށް ރަށު ފެންވަރުގައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

ކޮވިޑުން ރައްކާތެރިވާން ވޭމަންޑޫގައި އެ ބައްޔާ ގުޅިގެން ލަފާދޭ ކޮމިޓީން ކައުންސިލަށް ދިން ލަފަޔާއެކު، ކައުންސިލުން ވަނީ އިއްޔެ އެ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވައި، އެ ކައުންސިލުން ވަކި ގޮތެއް އަންގަންދެން ފިޔަވަޅުތަކަށް އަމަލުކުރަން ރައްޔިތުންނަށް އަންގާފަ އެވެ. ވޭމަންޑޫ ކައުންސިލްގެ މި ނިންމުމާއެކު، އަދި މި ގަރާރަށް އަމަލު ކުރުމަށް ފެށުމާގުޅިގެން އެ ކައުންސިލްގެ 03 ވަނަ ދައުރުގެ 2021/01 ވަނަ ޤަރާރު ވަނީ ބާތިލުވެފައެވެ.

ކައުންސިލް އިން އެޅުމަށް ނިންމި ފިޔަވަޅުތައް:

1 -- ޢާންމު ފިޔަވަޅުތައް:
 • އަމިއްލަ ގޯތީގެ ބޭރު މަގުމަތީގައި ބަހައްޓާފައި ހުރި ޖޯލި، ގޮޑި އަދި މިނޫންވެސް މިފަދަ ތަކެތި ބެހެއްތުން މަނާކުރުން.
 • ރޭގަނޑު 11:00 އިން ފަތިހު 4:00 އަށް ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ބޭރުގައި އުޅުން މަނާކުރުން.
 • މާސްކުނާޅައި ބޭރަށް ނިކުންނަ ފަރާތްތައް ވަގުތުން ޖޫރިމަނާކުރުން.
 • ސްކޫލް ކުދިން އާންމު މައިޒާންތައް ބޭނުން ކުރެވޭނީ ހަމައެކަނި ހަވީރު 16:00 އިން 18:00 އަށް.
 • ކުޅިވަރު ކުޅޭ މައިޒާންތަކާއި ފިނި މައިޒާންތަކާއި ކަސްރަތު މައިޒާން ތައް ހަޑިވާފަދަ ކަންތައްތައް ނުކުރަން އެންގުން.
 • ރޯގާގެ އެއްވެސް ޢަލާމާތެއް ހުރިނަމަ، ކުޅިވަރު ކުޅޭ މައިޒާންތަކާއި ފިނި މައިޒާންތަކާއި ކަސްރަތު މައިޒާން ނުދިޔުން.
 • ކުޅިވަރު ނުވަތަ ކަސްރަތު ކޮށް ނިމުމަށްފަހު ގުރޫޕް ހަދައިގެން މިފަދަ މައިޒާން ތަކުގައި މަޑުކޮށްގެން ނުތިބުން.
2 -- އިޤްތިޞާދީ ޚަރަކާތް ހިންގުން
 • ހުޅުވާގެން ޚިދްމަތް ދެވޭނެ ގަޑިތައް: ހެނދުނު 6:00 އިން 23:00 އަށް.
 • ޚިދްމަތް ދިނުމުގައި ޚަރަކާތްތެރިވާ ފަރާތްތައް ރައްކާތެރިވުމުގެ ގޮތުން މާސްކު އެޅުން.
 • އިޖްތިމާޢީ ޤާދުރުކަން ބަހެއްޓޭނެ ގޮތަށް ޚިދްމަތް ދިނުން.
 • ހިދުމަތް ހޯދަން އަންނަ ފަރާތްތަކާއި، ތަކެތި ގަންނަ އަންނަ ފަރާތްތައް ގިނަގިނައިން އަތްލާ އިށީދެ ހަދާ ތަންތަން ޑިސްއިންފެކްޝަން ސޮލިއުޝަންއެއް ބޭނުންކޮށްގެން ގިނަގިނައިން ސާފުކުރުން.
 • ފައިސާގެ މުޢާމަލާތް ކުރާއިރު ނަގުދު ފައިސާގެ ބަދަލުގައި އޮންލައިން ޕޭމަންޓް ވަސީލަތްތައް ބޭނުންކުރުން.
 • ހޮޓާ، ކެފޭ، ރެސްޓޯރަންޓް، ފަދަ ތަންތާގައި ކާބޯތަކެތި ތައްޔާރުކުމުގައި އުޅޭ ފަރާތްތައް އަންގިއާއި މާސްކު އެޅުން އަދި ސެލްފް ސަރވިސް ޚިދްމަތް ނުދިނުން.

 

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.