ފަހި ދިރިއުޅުން ކޯޕަރޭޝަނުން ނެުރނު ނޫސްބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ މަޝްރޫއުތަކަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ކަމާއި ބެހޭ ވުޒާރާތަކާއި ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ 24 އެޕްރީލް 2021 ގައި އޭރުގެ މާލެ ސިޓީގެ އިންތިޚާބީ މޭޔަރު މުއިއްޒުގެ ފަރާތުން މި ކޯޕަރޭޝަނަށް ސިޓީއެއް ލިބިފައިވާކަމަށެވެ. ނަމަވެސް އެ ސިޓީގައި ވަނީ އިލްތިމާސްތަކެއްގެ ވާހަކަ އެކަނިކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެެ.

ސިޓީގައި އެއްވެސް މައުލޫމާތަކަށްވެސް އަދި އެއްވެސް ރައްދަކަށްވެސް އެދިފައިނުވާކަން ފާހަގަކޮށް ކޯޕަރޭޝަނުން ބުނީ މާލެ ސިޓީ ކައުންސިލުން މިހާތަނަށް އެއްވެސް ކަމަކާއި ގުޅޭގޮތުން މައުލޫމާތަކަށް އެދި ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެއްވެސް ކަމަކަށް އެދިގެން ކޯޕަރޭޝަނުން އެއްވެސް ކަމަކަށް އިންކާރުކޮށްފައިނުވާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުންޏެވެ.

މޭޔަރު މުއިއްޒު ހައްދަވަނީ ދޮގުތަކެއްކަން ފާހަގަކޮށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަނުން އެކިއެކި ކަންކަމުގައި ފުރުސަތު ދީފައި ނުވާ ކަމަށާއި، އެއްބާރުލުންދީފައިނުވާކަމަށް ވިދާޅުވުމަކީ ކަން ހިނގާދިޔަގޮތާއި ހިިލާފު ވާހަކަތަކެއް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ޤާނޫނުގައި ބަޔާންކޮށްފައިވީނަމަވެސް ކައުންސިލަށް ލިބިދޭންޖެހޭ ބައެއް ހައްގުތައް ނުލިބޭ ކަމަށެވެ. އަދި މުއިއްޒު ވަނީ ސަރުކާރުގެ ކުންފުންޏަކުން ވިޔަސް ސަރުކަރު ހިއްސާވާ ކުންފުންޏަކުންވިޔަސް، ސަރުކަރުގެ މިނިސްޓްރީއަކުން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމުގައި ވިޔަސް، އެސިޓީއެއް ނިސްބަތްވާ ކައުންސިލާއި މަޝްވަރާ ކުރަން ޖެހޭނެ ކަަމަށް ޤާނޫނުގައި ބުނާކަން ފާހަގަކޮށްފަ އެވެ.

މުއިއްޒު ވިދާޅުވީ ކައުންސިލަށް އިންތިޚާބުވި ދުވަހުން ފެށިގެން މާލެ ސިޓީގައި ކުރިއަށް ގެންދަން އިއުލާން ކުރެވުނު ހައުސިން މަޝްރޫއުއަކާއި ގުޅޭ މައުލޫމާތު ހޯދުމަށް ފަހިދިރިއުޅުން ކޯޕަރޭޝަންގައި އެދުނު ކަމަށެވެ. ނަމަވެސް އެކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.