ދ. އަތޮޅުގައި ހިންގަމުންދާ ކަނޑިންމަ ރިސޯޓްގެ ގިނަ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެ، އެ ރިސޯޓުގައި މަސައްކަތްކުރަމުންދިޔަ މުވައްޒިފަކު ކޮވިޑް ޖެހިގެން މަރުވުމުގައި، ރިސޯޓުން އަމަލުކުރަންޖެހޭ ގައިޑްލައިންތަކާ ހިލާފުވެފައިވާތީ، ރިސޯޓު ހިންގުމުގެ ހުއްދަ ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓްރީން ހިފަހައްޓައިފިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މިކަން ކަށަވަރުކުރުމަށް ޖަޒީރާ ނޫހުން ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލުންނަށް ގުޅުމުން އެބޭފުޅުން ފޯނަށް ޖަވާބުދީފައެއް ނުވެއެވެ. މިނިސްޓްރީއިން ރަސްމީކޮށް މައުލޫމާތު ހިއްސާކޮށްފައިނުވި ނަމަވެސް، ރިސޯޓުގެ އިސް ބައެއް ބޭފުޅުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ޓޫރިޒަމް މިނިސްޓްރީއިން ވަކި އެއްޗެއް އަންގަންދެން ކޮވިޑްގެ ހާލަތުގައި ރިސޯޓު ހިންގުމަށް ދޫކޮށްފައިވާ ހުއްދަވަނީ ވަގުތީގޮތުން ހިފަހައްޓާފައެވެ. 

ކަނޑިންމަ ރިސޯޓުން އަމަލުކުރަންޖެހޭ ގައިޑްލައިންތަކަށް އަމަލުކޮށްފައިނުވާ ކަމުގެ ތުހުމަތު އެންމެ ފުރަތަމަ ކުރެވުނީ އެ ރިސޯޓުގައި މަސައްކަތް ކުރަމުންއައި 60 އަހަރުގެ އާދަމް ނަސީރު މަރުވުމާއި ގުޅިގެންނެވެ. އެގޮތުން، އޭނާ ދ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން މަސައްކަތްކުރި ނަމަވެސް، އޭނާގެ ހާލު ސީރިއަސްވެ އެންމެފަހުން އޭނާ މަރުވީ ރިސޯޓުން ފަރުވާ ނުދީ ލަސް ކުރުމުގެ ސަބަބުންކަމަށް އާއިލާއިން ތުހުމަތުކުރެއެވެ. 

އޭނާގެ ފަރާތުން ފަރުވާ ދިނުމަށް ރިސޯޓްގައި އާދޭސް ކުރި ކަމަށާއި ހޭނެތުނު ކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ. އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ރިސޯޓުން ވަނީ ފަރުވާކުޑަކޮށް އިހުމާލުވެފައެވެ. މިކަން އެޗްޕީއޭއިންވެސް ތަހުގީގުކޮށްފައިވާއިރު، އޭނާ މަރުވުމުގެ ފަސް ދުވަސް ކުރިން، އޮކްޓޯބަރު 25 ގައި ކަނޑިންމަ ރިސޯޓްގެ މެޑިކަލް ސެންޓަރަށް ދެއްކި މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެފައިވާކަން އެޗްޕީއޭއަށްވަނީ ފާހަގަކުރެވިފައެވެ. މިހާރު ވެސް ރިސޯޓްގެ 60 މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ. 

މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.