32 ރަށެއްގައި އައުޓްޑޯރ ޖިމް އިންސްޓޯލްކުރުމަށް ބޭނުންވާ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ސޮއިކޮށްފިއެވެ. 

މިއަދު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ. އަދި ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އިބްރާހިމް އަރީފްއެވެ.

މި އެއްބަސްވުމުގެ ދަށުން، ހއ.ބާރަށް، ހއ.ތަކަންދޫ، ހއ.މުރައިދޫ، ހދ.ކުޅުދުއްފުށި، ހދ.ނޭކުރެންދޫ، ހދ.ކުމުންދޫ، ހދ.ވައިކަރަދޫ، ށ.ފޯކައިދޫ، ށ.ކަނޑިތީމު، ނ.ހެނބަދޫ، ނ.މާޅެންދޫ، ނ.ވެލިދޫ، ނ.ކުޑަފަރި، ނ. މާފަރު، ނ. މަނަދޫ، ރ. މަޑުއްވަރީ، ރ. އުނގޫފާރު، ރ. ރަސްގެތީމު، ރ. ހުޅުދުއްފާރު، ރ. އިނގުރައިދޫ، ރ. އިންނަމާދޫ، ރ. މީދޫ، ރ. ފައިނު، ބ. އޭދަފުށި، ބ. ކަމަދޫ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ކ. ހިންމަފުށި، ކ. މާފުށި، ކ. ދިއްފުށި، ވިލިމާލެ، އަދި ކ. ތުލުސްދޫ ގައި އައުޓްޑޯ ޖިމްތަކެއް ގާއިމްކުރެވިގެންދާނެއެވެ.

މިނިސްޓްރީއިން މައުލޫމާތުދީފައިވާ ގޮތުގައި، މި އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭއިރު 56 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ. މިއީ، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން 32 ރަށެއްގެ ގާއިމްކުރުމަށް ނިންމާފައިވާ ޖިމްތަކެކެވެ. މި މަޝްރޫއަށް ޖުމްލަ 4،101،134.17 ރުފިޔާ ހަރަދުވާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *