ކޮވިޑާއި ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކޮށްފައި ބަހައްޓާ މުއްދަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިތުރުކުރެއްވުމާއި ގުޅިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދެމުންގެންދާ ޚިދުމަތްތައް ދިނުން އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ނިންމައިފި އެވެ.

މީރާއިން ބުނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ މުއްދަތު މިހިނގާ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާތީ މި މުއްދަތުގައި އެއޮތޯރިޓީގެ ކައުންޓަރުތަކުން ހިދުމަތް ނުދޭނެ ކަމަށެވެ. ނަމަވެސް މީރާއިން ދައްކަންޖެހޭ އެންމެހާ ޓެކުހާއި ފީތައް އެ އޮތޯރިޓީގެ އޮންލައިން ހިދުމަތް މީރާ ކަނެކްޓް އަދި ވާރުޕޭ މެދުވެރިކޮށް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާތީ އާއި މީރާއިން ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތައްވެސް އޮންލައިންކޮށް ހޯދުމަށް އިންތިޒާމް ހަމަޖެހިފައިވާތީ، އެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް މީރާއިން އިލްތިމާސްކުރެއެވެ.

މި މުއްދަތުގައި މީރާއަށް ގުޅަން ބޭނުންވާ ފަރާތްތަކުން ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން 14:00 އަށް އެ އޮތޯރިޓީގެ ހޮޓްލައިން 1415 ގެ ހިދުމަތާއި، ވައިބަރ ނަމްބަރު 9821415 މެސެޖްކޮށްގެން މައުލޫމާތު ހޯދުމުގެ ހިދުމަތް ލިބޭނެ ކަމަށް މީރާއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.