މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނަ ގައިދީންގެ އާއިލީ، އެކަހެރި އަދި ވަކީލު ބައްދަލުވުންތަކަށް އެދުމަށް ހައްސަ އޮންލައިން ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ.

ކަރެކްޝަންސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި "އެސޯސިއޭޓެޑް ޓޯޓަލް އޮފެންޑާ މެނޭޖްމަންޓް ސިސްޓަމް" (އެޓޮމްސް) އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އެ ޕޯޓަލްއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ކަރެކްޝަންސް އިން ބުނީ މި ޕޯޓަލްއަކީ ގައިދީންނަށް އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތަކާއި އަދި ވަކީލު ބައްދަލުވުންތަކަށް އެދި ފަސޭހަ ގޮތެއްގައި ހުށަހެޅުމަށް ތައާރަފްކުރި ޕޯޓަލްއެއް ކަމަށެވެ. މީގެ އިތުރުން ސީނިއާ މެނޭޖްމެންޓް ބޭފުޅަކާ ބައްދަލުކުރުމަށް ވެސް ހުށަހެޅޭނެ ކަމަށް ކަރެކްޝަންސް އިން މައުލޫމަތު ދެއެވެ. އެގޮތުން ހާއްސަ ޔޫޒާއެއް ރަޖިސްޓާކޮށްގެން ޕޯޓަލް މެދުވެރިކޮށް ހިދުމަތްތައް ލިބެމުންދާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މީގެ ކުރިން ގައިދީންނާ ބައްދަލު ކުރަން ބޭނުން ނަމަ ކަރެކްޝަންސް އަށް ގޮސް ފޯމް ފުރަން ޖެހޭނެ ކަމަށާއި ނަމަވެސް ޕޯޓަލްއާއެކު އަތޮޅުތަކު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ވެސް އިތުރު މީހެއްގެ އެހީއަކާ ނުލައި ފަސޭހައިން އެކަން ކުރެވޭނެ ކަމަށެވެ. އަދި މި ޕޯޓަލްގެ މަސައްކަތަކީ ޖަލު ރިފޯމްކޮށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އެއް މަސައްކަތް ކަމަށް އިމްރާން ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.