ހއ.ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން ޖިއޯ ބޭގްސްއަށް ވެލިއެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުގެ ފަަރާތުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި އެވެ. އެމްޓީސީސީ އިން ބުނީ، ދިއްދޫ ގޮނޑުދޮށް ހިމާޔަން ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިޔަށްދަނީ ޖިއޯ ބޭގްސްއަށް ވެލި އެޅުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ޖިއޯ، ބޭގްސް ޖަހައިގެން ދިއްދޫ ގިރާ ސަރަހައްދުން 310 މީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރާނެ އެވެ. ދިއްދޫއަކީ އެންވަޔަރަމަންޓް މިނިސްޓްރީއިން އެކުލަވާލާފައިވާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ކުއްލި ހާލަތު ދިމާވެފައިވާ ރަށް ރަށުގެ ލިސްޓްގައި ހިމެނޭ ރަށެކެވެ.

އެމްޓީސީސީން ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ކުންފުނީގެ ޓީމާއި މެޝިނަރީ، ޕްރޮޖެކްޓް ސައިޓަށް މޮބިލައިޒްކޮށް، މަސައްކަތް ފަށާފައެވެ.

މި މަޝްރޫއުއަކީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 10.02 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.