ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީން ކުރިއަށްގެންދާ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވިގޮތުގެ އިންކުއަރީއަށް ހުރަސް ނާޅުއްވާނެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްދުދެއްވައިފި އެވެ.

އިންކުއަރީގެ މަސައްކަތްތައް ކުރިއަށްދާގޮތާއިމެދު ރައީސް ނަޝީދުގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން އެމަނިކުފާނު ވަނީ ހާމަކުރައްވަފަ އެވެ. އެގޮތުން އެމަނިކުފާނުގެ މައިގަނޑު ހިތްހަމަނުޖެހުމަކަށްވީ ސިފައިންގެ ހިދުމަތުން ނެރުނު ބަޔާނުގައި ވަކިވަކި ސިފައިންގެ ބަދަލުގައި، މަޖިލީހަށް ޖަވާބުދާރީވާނީ މުއައްސަސާކަމަށް ވިދާޅުވެފައިވާތީ އެވެ.

އެ މައްސަލާގައި ރައީސް ނަޝީދު ވަނީ ބަޔާނުގައި ސޮއިކުރެއްވި ޑިފެންސް މިނިސްޓްރީގެ ނައިބް ހަސަން ޖަލީލްގެ މައްޗަށް ޖިނާއީ ދައުވާކޮށްދެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށްވެސް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ޕީޖީން މަޖިލީހަށް އެންގީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅައިގެން ކުރިއަށްގެންދިއުމަށެވެ.

މައްސަލާގައި އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވެ، ރައީސް މުހައްމަދު ނަޝީދުގެ މެސެޖެއްކަމަށް ވިދާޅުވެ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް އެމްޑީޕީގެ ޗެއަރޕާސަން ވަނީ މެސެޖެއްވެސް ފޮނުއްވާފަ އެވެ. އޭގައި އިންކުއަރީއަށް ރައީސް ސޯލިހް ހުރަސްއަޅުއްވާކަމަށް ތުހުމަތުކޮށްފައިވެއެވެ.

މިއީ ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ.

އެ މެސެޖާއި ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ދެކިވަޑައިގަންނަވާގޮތުގައި މަޖިލީހުން ބޭނުންވާގޮތަށް އިންކުއަރީގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އެ ވާހަކައަށް ބާރުދެއްވުމުގެ ގޮތުން ރައީސް ހަވާލާދެއްވީ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީގެ މުޤައްރިރު މުހައްމަދު އަސްލަމް ހޯމަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަތަކަށެވެ. އެގޮތުން ސަފުކާރުން އިންކުއަރީއަށް ހުރަސް ނާޅާކަން އަސްލަމްވެސް ވިދާޅުވެފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެއިތުރުން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެޔަށް ހުރަސް ނާޅާނެކަން. އެމަނިކުފާނު އެހެން ވިދާޅުވެފަ އޮތަސް.

ސިފައިންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ޖަވާބުދާރީ ވާނީ ވަކިވަކި ސިފައިންގެ ބަދަލުގައި މުއައްސަސާގެ ފަރާތުން ކަމަށް ބަޔާންކޮށް ނެރުނު ބަޔާނާއި ގުޅިގެން ރައީސް ވިދާޅުވީ އެ ބަޔާނަކީ ސިފަައިން ޤާނޫނާއި ހަވާލާދީ އެ ހިދުމަތުން ނެރުނު ބަޔާނެއްކަމަށެވެ. އަދި މަޖިލީހުގެ އިންކުއަރީ މިހާރުވެސް ސިފައިން ހާޒިރުވެ، މައުލޫމާތު ހިއްސާކުރައްވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ އަސްލަމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން އިންކުއަރީއަށް އެއްބަރުލުންދޭކަން ވިދާޅުވެދެއްވި ކަމަށެވެ.

އެމްއެންޑީއެފުން ވަކިވަކި ސިފައިން ގެންދިއުމާއި ގުޅޭގޮތުން ނެރިފަ އޮތް އެމްއެންޑީއެފްގެ، ސިފައިންގެ ޤާނޫނާއި  ހަވާލާދީ ނެރިފަ އޮތް ބަޔާނެއް.

ޕީޖީގެ ލަފާ މަޖިލިސްއަށް: ޒަމީލްގެ މައްސަލަ ފުލުހަށް ހުށަހަޅާ

ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ފެއިލްވިގޮތުގެ އިންކުއަރީގެ މަސައްކަތްތަަކުގެ އެންމެ ފަހުގެ މައުލޫމާތުތައް މީޑިއާއަށް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ މި އިންކުއެރީއަށް ހުރަސް އެޅުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް އެއްވެސް މިންވަރަކަށް ކުރާ ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯހުވެސް އޭނާ އާ ކުރެއްވި މުއާމަލާތުގައި އެދިވަޑައިގެންފައިވަނީ މި އިންކުއެރީ ރަނގަޅަށް ކުރިއަށް ގެންދިއުމަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.

ސަރުކާރުން މަޖިލީހުގެ ތަހުގީގަށް ހުރަހެއް ނާޅާ: އަސްލަމް

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.