ނަފްރަތުގެ އަމަލު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލުގެ ބޭނުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން ނޫންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިޔެއްގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ބިލް ހުށަހެޅުމުގެ ބޭނުމަކަށްވެފަ އޮތީ މީހުންގެ މެދުގައި ނަފްރަތު އުފައްދާ އެކަމުގެ ނަތީޖާއެއްގެ ގޮތުން މީހުންގެ ފުރާނަ ނެތިކޮށްލުމަށް ހިންގާ ކަންކަން ހުއްޓުވުން ކަމަށެވެ. އަދި މީހުންގެ މުދަލަށް ގެއްލުންދީ ހެދުން ފަދަ ކަންކަން ހުއްޓުވުުންކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ބިލް ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި އެއްވެސް ފަރާތެއް ފާޅުކުރާ ހިޔާލަކަށް ހުރަސްއެޅުން ނުހިމެނޭ ކަމަށެވެ. ނަމަވެސް ބިލާމެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ބިލް ކޮމެޓީ މަރުހަލާއިން ނިމި މަޖިލީހުގެ ތަޅުމުން ޤާނޫނަކަށްވާއިރު އެކަންކަމަށް ރިއާޔަތްކުރައްވާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

އެއްވެސް ހާލެއްގައި ސަރުކާރުގެ ވިސްނުމެއް ނޫން އެއީއަކީ އެއްވެސް ފަރާތަކުން ފާޅުކުރާ ހިޔާލަކަށް ހުރަސްއެޅުމަކީ.

ރައީސް ވިދާޅުވި ގޮތުގައި އެ ބިލް ޑްރާފްޓްކުރެވިފައިވަނީ ވަކި ބަޔަކަށް އަމާޒުކޮށެއް ނޫނެވެ. އަދި ތަކުރާރުކޮށް ރައީސް ވަނީ ބިލްގެ މަޤސަދަކީ ކޮބައިކަން ވިދާޅުވެފަ އެވެ.

ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ހިމެނުމަށް ބިލް މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންނެވެ. އެ ބިލްގައި ވަރަށް ފުޅާ މާނައެއްގައި ގިނަ ބާރުތަކެއް ފުލުހުންނަށްދީފައިވެއެވެ. އެގޮތުން ބިލުގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ، ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރެވުމަކީވެސް ކުށެކެވެ.

ނަފްރަތުގެ ކުށްތައް ބަޔާންކުރާ ބިލާ ދެކޮޅަށް އަދާލަތުން ތެދުވެއްޖެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.