ހައުސިން މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓްގައި ޖުމްލަ 716 މިލިއަން ރުފިޔާ ހިމަނައިފިއެވެ. 

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ މަޖިލީހުގައި ބަޔާން ދެއްވާފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ 34,787,720,151 ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއެވެ. 

އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާއެވެ. 2021 ވަނަ އަހަރުގެ ބަޖެޓު، ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތައެވެ.

މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ގެދޮރުގެ ދަތިކަމަށް ހައްލު ހޯދައިދީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށެވެ. 

"މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް، އެފޯޑަބަލް ހައުސިން މަޝްރޫތަކަށް ބޭނުންވާ ބޭނުންވާ އިކުއިޓީ ބަޖެޓުން ފޯރުކޮށްދިނުމަށް 2021 ވަނަ އަހަރު ވަނީ ހިމެނިފައި. ސަރުކާރުގެ އަމާޒަކީ، އައު ހައުސިންގ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށި، އަދި މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމައި ފްލެޓްތައް ހައްޤުވާ ފާރާތްތަކަށް ހަވާލުކުރުން. 2021 ވަނަ އަހަރަށް ބަޖެޓުކުރެވިފައިވާނެ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ. 

އެހެން ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު، ބަޖެޓްގައި އިގުތިސާދު އަދި ސިނާއަތްތައް ކުރިއެރުވުމަށް 7 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަން މާކެޓު ކުރުމަށް 154 މިލިއަން ރުފިޔާ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުން ކުރަން 1.1 ބިލިއަން ރުފިޔާ ހިމެނެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑު ކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމާއި ގުޅީފަޅު ޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް 476 މިލިއަން ރުފިޔާ ހަރަދުކުރުމަށާއި ތިލަ-މާލެ ބްރިޖަށް ބަޖެޓްގައި 469 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވެއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.