މި މަހުގެ ނިޔަލަށް ރާއްޖޭގައި އުޅޭ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށް ވަނީ އަމާޒު ހިފާފައި

ސައިނޯފާމް ވެކްސިން ރާއްޖޭގައި ޖަހަން ފެށުމާއެކު ދަށަށްދާން ފެށި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ މީހުންގެ އަދަދުތައް 500 އިން ދަށަށް ގޮސްފި އެވެ.

މިހާރު ރާއްޖޭގައި ޖަހަމުންގެންދަނީ ސައިނޯފާމް ވެކްސިން އެވެ. ކޮވިޝީލްގެ ވެކްސިން ޖެހުން ސަރުކާރުން ވަނީ ހުއްޓާލައިފަ އެވެ. އޭގެއިތުރަށް ފައިޒާ ވެކްސިން ޖަހަމުންގެންދަނީ ހާއްސަ ފަރާތްތަކަށް އެކަނި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މައުލޫމާތުތައް ދައްކާގޮތުން އިއްޔެ ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 441 މީހެކެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 80 މީހަކާއި، އަތޮޅުތެރެއިން ޖެހި 361 މީހެކެވެ.

މާލެ ސަރަހައްދުގައި އަދަދުތައް ބޮޑަށް ދަށަށް ދިޔައީ ކާފިއު އިއުލާންކުރުމުންނެވެ. ނަމަވެސް ކާފިއު ވަގުތުގައިވެސް ވެކްސިން ޖެހުމަށް ފުލުހުން ހުއްދަ ދޫކުރެ އެވެ. އޭގެއިތުރަށް އެންމެ ބޮޑު ބަދަލެއް ފާހަގަވީ ކޮވިޝީލް ވެކްސިން ހުސްވެ، ހަމައެކަނި ސައިނޯފާމް ވެކްސިން ޖަހަން ފެށުމުންނެވެ. އެގޮތުން ސައިނޯފާމް ފެށުމާއެކު އަދަދުތައް ދަށަށްދާން ފެށި އެވެ.

އެޗްޕީއޭގެ މައުލޫމާތު ދައްކާގޮތުން ވެކްސިންގެ ދެވަނަ ޑޯޒް އިއްޔަ ޖެހިފައިވަނީ ޖުމްލަ 968 މީހަކަށެވެ. އެގޮތުން ގްރޭޓާ މާލެ ސަރަހައްދުން 331 މީހަކަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާއިރު، އަތަޅުތެރެއިން ޖަހާފައިވަނީ 637 މީހަކަށެވެ.

މިހާތަނަށް ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 174،259 މީހަކަށެވެ.

އެޗްޕީއޭއިން އާންމުކޮށްފާވާ ތަފާސްހިސާބުތަކުން ސައިނޯފާމްގެ ދެވަނަ ޑޯޒް ޖެހުމަށް މުއްދަތު ހަމަވެ ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހު ދެވަނަ ޑޯޒް ނުޖަހާ %70 އިންސައްތަ މީހުން އެބަތިއްބެވެ. އަދި އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން %39 މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައެއްނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *