ފާއިތުވި 24 ގަޑިއިރުތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 370 މީހެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ފާއިތުވި 24 ގަޑިއިރުތެރޭގައި 4،263 ސާމްޕަލް ނަގާފައިވެ އެވެ. އޭގެތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ.

ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:

  • ގްރޭޓާ މާލެ ސަރަހައްދުން - 217 ކޭސް
  • އަތޮޅުތެރެއިން - 148 ކޭސް
  • ރިޒޯޓުތަކުން - 4 ކޭސް

ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 17،461 އަށް ދައްވެފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެވެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ 152 އަށް ދައްވެފައެވެ.

މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 68،872 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 51،213 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލީގައި 189 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

ކޮވިޑް ރާއްޖޭގައި ބާރު ދުވެއްޔެއްގައި ފެތުރެމުން އައުމާއި ގުޅިގެން މިއަދު އެޗްޕީއޭއިން ވަނީ މިއަދު ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލުކުރުމަށްޓަކއި އިތުރު ފިޔަވަޅުތަކެއް އަޅާފއެވެ. އެގޮތުން 12 މޭއިން ފެށިގެން ގްރޭޓާ މާލެ ސަރަހައްދުގައި ހަވީރު 16:00 ފެށިގެން ހެންދުނު 08:00 ކާފިއުގެ ވަގުތު ވަނީ ދިގުކޮށްފައެވެ.

މީގެއިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އަންގާފައިވާއިރު، ރެސްޓޯރެންޓުތަކާއި، ކެފޭތަކުގައި ތިބެގެން ކެއުން މަނާކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.