ފަސް ސަރަހައްދެއްގައި ފެންވަރު ރަނގަޅު ވަށާޖެހޭ ތައުލީމީ ނިޒާމެއް ގާއިމް ކުރަން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ހިމަނައިފިއެވެ. ނަމަވެސް އެ ފަސް ސަރަހައްދާއި އެ މަޝްރޫއުއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ. 

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ މަޖިލީހުގައި ބަޔާން ދެއްވާފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ 34,787,720,151 ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއެވެ. 

އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާއެވެ. 2021 ވަނަ އަހަރުގެ ބަޖެޓު، ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތައެވެ.

ބަޖެޓްގައި ތައުލީމީ ދާއިރާއަށް ވާނީ 4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި 105 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް ރާވާފައިވެއެވެ. ސްކޫލުތަކާއި، ކްލާސްރޫމްތަކާއި، ތައުލީމީ ވަސީލަތްތައް ބިނާ ކުރުމަށް ޚަރަދު ކުރުމަށާއި ނާސްތާ ޕްރޮގްރާމް، ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަށް ހިމަނާފައިވާއިރު ފަސް ސަރަހައްދެއްގައި ފެންވަރު ރަނގަޅު ވަށާޖެހޭ ތައުލީމީ ނިޒާމެއް ގާއިމް ކުރަން ވެސް ބަޖެޓްކޮށްފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.