ފަރުކޮޅުފުށި

ހުޅުމާލެ ކައިރީގައި އޮންނަ ފަރުކޮޅުފުއްޓަކީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅަން މާލެ ސިޓީ ކައުންސިލުން ސަރުކާރާ މަޝްވަރާކޮށްފައިނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދާނެ ރަށެއް އޮތުމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅެއް ކަމަށެވެ. އެކަމަށް މާލެ ކައިރީގައި ބޭރު ބަޔަކު ހިންގާ ރިސޯޓެއްގެ އެއްބައި ފާހަގަކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ މަސައްކަތް ނުނިމި އޮތީ ކޮވިޑުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެއިތުރަށް ވެސް ފަޅަކުން އިތުރު ރަށެއް ހޯދޭތޯ މަސައްކަތް ކުރައްވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މާލެ ރައްޔިތުން ދަތުރ ދާ ރަށެއްގެ ގޮތުގައި ފަރުކޮޅުފުށި ހަމަޖައްސާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނި ނަމަވެސް، އެކަމާ ސަރުކާރާ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށެވެ. އަދި އެމަނިކުފާނާ ހިސާބަށް ވެސް އަދި ސަރުކާރުގެ އެއްވެސް ހިސާބަކަށް ވެސް އެކަން ހުށަހަޅާފަ ނެތްކަން ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ.

ހުޅުމާލޭގައި ބިމަކީ އެޗްޑީސީއަށް މިލްކު ކޮށްދީފައި އޮތް ބިމެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެތަނާމެދު ކަންކުރާނެގޮތުގެ ޕްލޭން އެޗްޑީސީން އޮތީ ރާވާ ނިންމާފައިކަމަށެވެ. އަދި އެ ޕްލޭނަށް ބަދަލެއް ގެންނަ ނަމަ އެޗްޑީސީއާ އަދި ސަރުކާރާވެސް މަޝްވަރާކުރަން ޖެހޭނެކަން އެމަނިކުފާނު ވިދާޅުވިއެވެ.

މިހާތަނަށް ނެތް އެއްވެސް މަޝްވަރާ ކޮށްފައެއް.

އިއްޔެ ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ހުރިހާ މެންބަރުންގެ އިއްތިފާގުން، ފަރުކޮޅުފުއްޓަކީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާ، އެކަން އިއުލާން ކޮށްފައި ވަނީ އެ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަިއ މޭޔަރ، ޑރ. މުހައްމަދު މުއިއްޒު އެވެ.

މުއިއްޒު ވިދާޅުވީ ފަރުކޮޅުފުއްޓަކީ ސިޓީ ކައުންސިލުގެ އިހުތިސާސް ތެރޭގައި ހިމެނޭ ރަށެއް ކަމަށާއި ނަމަވެސް އެ ރަށް އޮތީ ފަޅު ރަށެއްގެ ގޮތުގައި ކަމަށެވެ. އަދި ފަރުކޮޅުފުށީގައި ކުރެވޭ ކޮންމެ އިންވެސްޓްމަންޓަކުން މާލެސިޓީގެ ރައްޔިތުންގެ މުސްތަގްބަލަށްޓަކައި ސިޓީ ކައުންސިލުން ކުރަން ހުރި ކަންކަމަށް އާމްދަނީ ލިބެން ޖެހޭނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.