ސްޓޫޑެންޓް ލޯނު ނަގާފައިވާ ދަރިވަރުންނަށް ލޯނު ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކުރަން ނިންމާފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ޕްރެސް ކޮންފަރެންސްގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ބައްދަލުކުރައްވަމުން ވިދާޅުވެއްޖެއެވެ.
ސްޓޫޑެންޓް ލޯނު ނަގާފައިވާ ދަރިވަރުންގެ ލޯނު ދެއްކުމުގެ މުއްދަތު ސަރުކާރުން ފަސްކޮށްދީފައިވާއިރު ފިނޭންސް މިނިސްޓްރީއާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އިސްވެރިންޏާއި މެދު މަޝްވަރާކުރައްވަމުން އަންނަކަމަށް ރައިސް ވިދާޅުވިއެވެ.
ރައިސުލްޖުމްހޫރިއްޔާ ސްޓޫޑެންޓް ލޯނު އަދާކުރުން މަޑުޖައްސާލުމަށް ނިންމަވާފައިވާ ނިންމުމަކީ ދަރިވަރުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއްކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން އިބްރާހިމް ހަސަން ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ފާހަގަކުރައްވާފައެވެ.
އިޤުތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތައް ހުރިއިރުވެސް ސްޓޫޑަންޓްލޯނުތައް އަނބުރާ ދެއްކުން މިއަހަރުގެ ނިޔަލަށް މަޑުޖައްސާލުމަށް ރައީސްނިންމެވިކަމީ މަތީ ތަޢުލީމާއި ތަމްރީނަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަމުގެ ކުލަގަދަ ހެއްކެއް.
ޝުކްރިއްޔާ ރައީސް! @ibusolih @MoHEmv— Ibrahim Hassan, PhD (@DrChubby) June 8, 2021
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މަތީ ތައުލިމް ހާސިލް ކުރުމަށް ދަރިވަރުންނަށް ދޫކުރަމުން އަންނަ ސްޓޫޑެންޓް ލޯނަށް ފައިސާ ދެއްކުމަށް ހަމަޖެހިފައި އޮންނަނީ ތައުޅިމް ހާސިލް ކޮށްނިމޭތާ 10 މަސްދުވަސް ފަހުންނެވެ.