މާލެ ސަރަހައްދުގައި ކޮވިޑަށް ޓެސްޓުކުރަނީ.

ކޮވިޑް-19 އާއި ދެކޮޅަށް އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު އެއްހަފްތާއަށް ދިގުދަންމާލާފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ޕްރެސް ކޮންފަރެންސްގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ބައްދަލުކުރައްވަމުން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ބާރު ދުވެއްޔެއްގައި ފާއިތުވި ދުވަސްތަކުގައި ފެތުރެމުން އައުމާއި ގޫލިގެން ކޮވިޑް-19 ކޮންޓްރޯލުކުރުމުގެ ގޮތުން ސަރުކާރުން ވަނީ މިދިޔަ މަހު އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އެޅި އައު ފިޔަވަޅުތައް:

  • ހަވީރު 4:00 އިން ފެށިގެން ހެނދުނު 8:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
  • ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަނުން ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެއް ޚިދުމަތް ދިނުން ހުއްޓައިލުން (ކާފިއު ވަގުތުގައި ޓޭކްއަވޭގެ ޚިދުމަތެއް ނުދެވޭނެ)
  • ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
  • ސަރުކާރު އޮފީސްތައް ބަންދުކުރެވި މުވައްޒަފުން ގެއިން މަސައްކަތް ކުރާ ގޮތައް ހަމަޖެހުން.
  • ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކުރެވި ދަރިވަރުންނަށް އޮންލައިނކޮށް ކިޔަވައިދިނުން ބަދަލުކުރުން.
  • މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުން.
  • ކާފިޔޫ ނޫން ގަޑިތަކުގައިވެސް ފުލުހުންގެ ފާހަކާ ނުލައި ގެއިން ބޭރަށް ނިކުތުން މަނާކުރުން.

މިދިޔަ މަހު އަލާފައިވާ މި ފިޔަވަޅުތަކާއެކު ރާއްޖޭގައި ދުވާލެއްގެ މައްޗަށް 2000 މައްޗަށް ކޮވިޑަށް ޕޮޒިތިވްވާމީހުންގެ އަދަދު ރިޕޯޓުކުރަމުން އައުމަށްފަހު މިހާރުވަނީ ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވް ވާމީހުންގެ އަދަދު 500 އިން ދަށަށް ގޮސްފައެވެ.

ރާއްޖޭގެ ސިއްހީ ނިޒާމަށް ބާރުބޮޑުވެ ހޮސްޕިތަލުތަކުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށް ޖެހުނު ދަތި ދަންޑިވަޅުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނައިރު، އިތުރު އެއްހަފްތާއަށް ކޮވިޑް-19 ކޮންޓްރޯލުކުރުމަށް އެޅިފައިވާ ހަރުކަށި ފިޔަވަޅުތައް ދިގުދައްމާލުމަށް ވަނީ ނިންމާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.