އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެމްޓީސީސީގެ އާންމު ޖަލްސާ ޖޫން މަހުގެ 20 ވަނަ ދުވަހުގެ 13:00 ގައި ބޭއްވުމަށް ހަމަޖައްސާފައިވާއިރު، މިދިޔަ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރީތައް ވުމަށްފަހު ވަނީ ލަސްކޮށްފައެވެ.
MTCC's Virtual Annual General Meeting 2020 will be held on Sunday, 20th June 2021 at 13:00 hrs via FahiVote. Registration for AGM 2020 is now open.
For more details please visit: https://t.co/yXvip1xE5Z #MTCCAGM2020 pic.twitter.com/nDq0A7SV7i— MTCC Plc (@MTCCPlc) June 7, 2021
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ލިސްޓިންގ ރޫލްސްއާއި ސެކިއުރިޓީޒް ކޮންޓިނުއިންގ ޑިސްކްލޯޝަރ އޮބްލިގޭޝަން އޮފް އިޝުއަރޒް ރެގިއުލޭޝަންގެ ދަށުން، ކުންފުނިތަކުގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މެއި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ބާއްވަން ޖެހެއެވެ.
އެމްޓީސީސީއިން މި މުއްދަތުގައި ޖަލްސާ ނުބާއްވަނީ އެ ކުންފުނީގެ 2021 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ 16 މެއި 2021 ގައި ބާއްވަންޖެހުމާއި ގުޅިގެން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ހުއްދައާއެކު ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޓީސީސީގެ އަހަރީ ޖަލްސާ ފަސްކޮށްފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ބާއްވާ ގޮތަށެވެ. އެ ކުންފުނިންވަނީ މިކަމުގެ މައުލޫމާތު އެ ކުންފުނީގެ ހިއްސާދާރުންނާއި ހިއްސާކޮށްފައެވެ.
ކޮވިޑް-19 އާ ގުޅިގެން އެ ކުންފުނިން އަހަރީ އާންމު ޖަލްސާތަކާއި ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާތައް ބާއްވަމުން އަންނަނީ ވާރޗުއަލްކޮށެވެ.