މިނިސްޓަރ އޮފް އެންވަޔަރަމަންޓް އައިމިނަތު ޝައުނާ އަށް މަގާމަށް އައްޔަނުކުރެވުނު ކަމުގެ ލިޔުން ރައީސް ސޯލިހު ހަވާލުކުރައްވަނީ | ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލިޖީ މިނިސްޓަރަކަށް އައިމިނަތު ޝައުނާ އައްޔަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

މަޖިލީހުގެ ޖަލްސާގައި މިއަދު ނެގުނު ވޯޓުގައި ޝައުނާއަށް ރުހުން ދެއްވާފައިވަނީ 65 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަގްލަބިއްޔަތުންނެވެ. ޝައުނާއަށް ރުހުން ދޭން ނުފެންނަކަމަށް 8 މެމްބަރަކު ވޯޓް ދެއްވިއިރު، ވަކިގޮތަކަށް ވޯޓް ނުދެއްވާ 1 މެމްބަރަކު އިންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީން މިނިސްޓަރުކަމަށް ޝައުނާ އައްޔަން ކުރެއްވުމަށް ރުހުން ދީފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

އޭނާއަށް ރުހުންދިނުމަށް ފާސްކޮށްފައިވަނީ ހާޒިރުވެތިއްބެވި 8 މެމްބަރުންގެ ވޯޓާއި އެކުގައެވެ.

މިނިސްޓަރުކަމަށް ޝައުނާ އައްޔަންކުރެއްވީ މިދިޔަ މަހުގެ 5ވަނަ ދުވަހު އެވެ. އޭގެކުރިން ޝައުނާ ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީގެ މަގާމުގަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.